April 3, 2026
Advertisement
-
- / ސީ.އެން.އެން

އަފްޣާނިސްތާން ބިންހެލުން: 800 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 2, 2025, 12:48 AM
މާލެ ސިޓީ

އަފްޣާނިސްތާނަށް މިއަދު 6.3 މެގަނިޓިއުޑްގައި އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 800 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ބުނެފިއެވެ.

Advertisement

އަފްޣާނިސްތާނަށް މިއަދުގެ މިހާތަނަށް 7 ބިންހެލުން އައިސްފައިވާ ކަމަށާއި އެއީ 6.3 މެގްނިޓިއުޑްގެ ބިންހެލުމާއި، 5.0 ގެ 3 ބިންހެލުން، 4.7 ގެ ބިންހެލުމެއް، 4.3ގެ ބިންހެލުމަކާއި 4.2 ގެ ބިންހެލުމެއް އައިސްފައިވާ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުގެ ތަރުޖަމާނާއި ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނީ، މި ހާދިސާގައި މަރުވި މީހުންގެ އަދަދު 812 އަށް އަރާފައިވާ ކަމަށާއި އަދި ޒަހަމްވި މީހުންގެ އަދަދު 3000 އަށް އަރާފައިވާ ކަމަށެވެ.

ބިންހެލުން އައިސްފައިވަނީ ފަރުބަދަ މަތީ ސަރަހައްދުތަކެއް ވަމުން، އެތަނުން މީހުން ސަލާމަތް ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. ނަމަވެސް މީހުން ސަލާމަތް ކުރުމަށް ގިނަ އަދަދެއްގެ ހެލިކަޕްޓަރާއި ޑޮކްޓަރުން ފޮނުވާފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved