April 3, 2026
Advertisement
-
- / ނިއުޔޯކް ޓައިމްސް

ކޮވިޑް 19 ގެ އާ ވޭރިއަންޓެއް އެމެރިކާގައި ފެތުރެނީ!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 4, 2025, 08:05 PM
މާލެ ސިޓީ

ޓްރެޓަސް ވެރިއަންޓްގެ ނަމުން މަޝްހޫރު ކޯވިޑް-19 ގެ އާ ވޭރިއެންޓެއް އެމެރިކާގައި ހަލުވިކަމާއެކު ފެތުރެމުންދާކަމަށް އެގައުމުގެ ސިއްހީ އިދާރާތަކުން ހާމަކޮށްފިއެވެ.

Advertisement

މި ވޭރިއަންޓް ހަލުވިކަމާއެކު ފެތުރެމުންދާތީ އެކަން ވަރަށް ގާތުން ބަލަމުންދާކަމަށާއި، އެ ވޭރިއެންޓްގެ ސަބަބުން އިތުރު ބޮޑެތި ބަލިތައް ޖެހޭ ކަމުގެ އެއްވެސް ހެއްކެއް އަދި ލިބިފައިނުވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނެއެވެ.

ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ތަފްސީލުކޮށްފައިވާ ގޮތުގައި ފާއިތުވި ހަފްތާގައި ޓެސްޓް ޕޮޒިޓިވިޓީ ރޭޓް 9.9 އިންސައްތަ އަރާފައިވާއިރު، މިއީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު 1.4 އިންސައްތަ އިތުރު އަދަދެކެވެ.

އެންމެ ބޮޑަށް މިފަދަ ކޭސްތައް އިތުރުވެފައިވަނީ އެމެރިކާގެ ދެކުނުގައެވެ. ބައެއް ސްޓޭޓްތަކުގައި ޓެސްޓް ޕޮޒިޓިވިޓީ ރޭޓް 15 އިންސައްތަ އިތުރުވެފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

ސްޓްރެޓަސް ވެރިއަންޓަކީ ކުރީގެ އޮމައިކްރޮން ވައްތަރުތަކުގެ ތެރެއިން އުފެދުނު ވައްތަރެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ މި ބާވަތް "މޮނިޓަރިންގެ ދަށުގައިވާ" ބާވަތްތަކުގެ ލިސްޓުގައި ހިމަނާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved