

މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ބްރިޖް ހައިވޭ (ހަލިމަގު) އިން ދަތުރުުކުރި ޕިކަޕެއް ފުރޮޅާލައި ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ މާލެ އިން ހުޅުމާލެ އަށް ދާން އޮންނަ ހަލިމަގުގައި މިއަދު މެންދުރުގެ ވަގުތެއްގައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ޕިކަޕްގެ ފުރޮޅު ފަޅައިގެން ގޮސް ޑިވައިޑާގައި ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި މީހަކަށް އަނިޔާއެއް ނުވި ނަމަވެސް މަގުގައި ހުރި ޑިވައިޑާއަށާއި ޕިކަޕަށް ގެއްލުންވެފައިވެއެވެ.
އެކްސިޑެންޓުވި ޕިކަޕް ކާރެއްގައި ވެސް ވަނީ ޖެހިފައެވެ. ނަމަވެސް ކާރަށް މާ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.