April 3, 2026
Advertisement
-
- / އަލްޖަޒީރާ

ތުރުކީ އިން ސަހްޔޫނީންނާއި ޚާރިޖީ ހުރިހާ ގުޅުމެއް ކަނޑާލައިފި!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 7, 2025, 05:55 PM
މާލެ ސިޓީ

ތުރުކީ އިން ސަހްޔޫނީންނާއި ޚާރިޖީ ހުރިހާ ގުޅުމެއް ކަނޑާލައިފި ކަމަށް އެ ގައުމުން ހާމަކޮށްފިއެވެ.

Advertisement

ތުރުކީގެ ފޮރިން މިނިސްޓަރ ހަކާން ފިޑާން މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ތުރުކީއިން ސަހްޔޫނީންނާއި ވިޔަފާރީގެ ހުރިހާ ގުޅުމެއް ކަނޑާލައިފި ކަމަށާއި ތުރުކީގެ ޕޯޓްތައްވެސް ސަހްޔޫނީންނަށް ބަންދު ކަމަށެވެ.

ސަހްޔޫނީން ފަލަސްތީނާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ގިނަ ގައުމުތަކުން އަޑު އުފުލި ނަމަވެސް މިފަދަ ނިންމުންތައް ނިންމެވުމުގައި ފަހަތައް ޖެހޭކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން، ފޮރިން މިނިސްޓަރު ވިދާޅުވީ ނަސްލެއް އެއްކޮށް ނެތިކޮށްލަން ސަހްޔޫނީން މަސައްކަތް ކުރާ ތަން ބަލަން ނުތިބެވޭނެ ކަމަށާއި ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައިވެއެވެ.

މި ހަނގުރާމާގައި މިހާތަނަށް އެތައް ބަޔަކު ޝަހީދުކޮށްފައިވާއިރު ސަހްޔޫނީން އަންނަނީ ފަލަސްތީނުގެ ރައްޔިތުން ބަނޑަށް ޖައްސަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved