

މިދިޔަ ޖުލައި މަހު މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފުލުހުންގެ ވަޒީފާގައި އުޅޭ އދ. ކުނބުރުދޫ، ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ، 31، ދޫކޮށްލައި، އޭނާ ވަޒީފާއިން ވަކިކުރަން ނިންމައިފި އެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ފުލުސް މީހާ ވަޒީފާއިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ވަނީ ނިންމާފައި ކަމަށެވެ.
މީގެ އިތުރުން، ފުލުހުން ހިންގި އޮޕަރޭޝަންގައި ޝިޔާޒާއާއެކު ހއ. ދިއްދޫ، ހަޒާރުމާގެ، ސައިފުﷲ އަހްމަދު ވެސް ހައްޔަރުކޮށްފައިވީ ނަމަވެސް އޭނާ ވެސް ފުލުހުން ވަނީ ދޫކޮށްލާފަ އެވެ.
އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވެ އެވެ.
މަސްތުވާތަކެތީގެ އެ މައްސަލަ ފުލުހުން ދަނީ ތަަހުގީގު ކުރަމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.