April 3, 2026
Advertisement
-
- / އަލްޖަޒީރާ

ޕާކިސްތާނުގެ ނިއުކްލިއަރ މަރުކަޒުތައް ހަލާކު ކުރުމަށް މޮސާޑް-އިންޑިއާ-އެމެރިކާ ރޭވުންތަކެއް އިރާނުން ހާމަކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 10, 2025, 11:56 PM
މާލެ ސިޓީ

ޕާކިސްތާނުގެ ނިއުކްލިއަރ މަރުކަޒުތައް ހަލާކު ކުރުމަށް މޮސާޑާއި އިންޑިއާ އަދި އެމެރިކާގެ ސީއައިއޭ ގުޅިގެން ރާވާފައިވާ ޕްލޭނެއް އީރާނުން ހޯދާ އެ މައުލޫމާތުތައް ޕާކިސްތާނާއި ހިއްސާކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

Advertisement

އީރާނުގެ އިންޓެލިޖެންސް އޭޖެންސީން ވަނީ އިންޓެލިޖެންސް މައުލޫމާތު އެއްކުރުމަށް އީރާނަށް ދަތުރު ކުރި މޮސާޑްގެ އެޖެންޓުންގެ ރޭވުން ނާކާމިޔާބުކޮށްފަ އެވެ.

އީރާނުން ބުނެފައިވާ ގޮތުގައި ސީއައިއޭ އާއި އިންޑިއާ މީހުން ވެސް މި މަސައްކަތުގައި ބައިވެރިވެފައިވެއެވެ.

މިކަމާއި ގުޅިގެން ޕާކިސްތާނުން އަންނަނީ އެ ގައުމުގެ ސަލާމަތީ ފިޔަވަޅުތައް އިތުރުކޮށް އެ ގައުމުގެ ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް މަސައްކަތްތައް ކުރަމުން ކަމަށް މައުލޫމާތުތަކުން ހާމަވެއެވެ.

ސަހްޔޫނީނުންނާއި އެމެރިކާ އަދި އިންޑިއާގެ ބައިވެރިވުން އޮތް މި ރޭވުން ކާމިޔާބުވިނަ ޕާކިސްތާނަށް ބޮޑުތި ގެއްލުންތަކާއި ކުރިމަތިވާނެ ކަމަށް އިރާނުން ބުނެފައިވެއެވެ.

ސަހްޔޫނީނުންނާއި އިރާން އާއި ދެމެދު ޚާރިޖީ ގުޅުންތައް މެދު އިރުމަތީގެ ހަނގުރާމައާއި ގުޅިގެން ހިނާރުވެފައިވާއިރު އިރާންގެ މި އަމަލުގެ ސަބަބުން މި ގައުމުތަކުން އިރާނަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ކަމާއި ގުޅޭ މާހިރުން އަންދާޒާކުރެެއެވެ.

މޮސާޑް، އިންޑިއާ އަދި އެމެރިކާއަކީ ނިކުކްލިއަރ ހަތިޔާރުގެ ގެންގުޅެ، މިތަކެތި އުފެއްދުމުގައި ވަރުގަދަ ބަޔަކަށް ވެފައި އިރާން އާއި ޕާކިސްތާނުގެ ނިއުކްލިއަރ މަރުކަޒުތައް ގޮއްވާލުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved