theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ތިލަފުށީގައި މީހަކު ލޮރީއެއްގެ ދަށުވެ ސީރިއަސް އަނިޔާތަކެއް ލިބިއްޖެ / ސޯޝަލް މީޑިއާ
ހަބަރު
ތިލަފުށީގައި މީހަކު ލޮރީއެއްގެ ދަށުވެ ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
Mariyam Isaadha
މަރިޔަމް އިސާދާ
11 ސެޕްޓެމްބަރު 2025
މާލެ ސިޓީ

މާލެ ސަރަހައްދުގައި ސިނާއީ މަސައްކަތްކުރާ ރަށެއް ކަމަށްވާ ކ. ތިލަފުށީގައި މީހަކު ލޮރީއެއްގެ ދަށުވެ ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުންގެ މީޑިޔާ ގުރޫޕުގައި މީީޑިޔާ އޮފިޝަލް ހާމަކޮށްފައިވާ ގޮތުގައި، ތިލަފުށީގައި އެކްސްކެވޭޓަރެއް ކައިރި މަސައްކަތް ކުރަން ހުރި މީހެއްގެ ގައިގައި ލޮރީއަކުން ޖެހި ވެއްޓި ލޮރީ އޭނާގެ ގައިމަތިން ދިއުމުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ ރިޕޯޓު މިއަދުގެ މެންދުރުފަހު 14:15 ހާއިރު ލިބިފައިވާ ކަމަށެވެ.

ލޮރީއިން ޖެހި ވެއްޓި ކޮރީ ދަށުވެ އަނިޔާވެފައިވަނީ އަވައްޓެރި ސްރީލަންކާއަށް ނިސްބަތްވާ ފިރިހެނެއް ކަމަށާ، އޭނާއަށް ލިބުނު ސީރިއަސް އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ގެންދާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ. މީހާއަށް ލިބުުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.

މައްސަލައާ ގުޅިގެން ލޮރީ ދުއްވަން އިން އުމުރުން 28 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ވިގްނޭޝް އަންނަޑުރާއީ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ވަނީ އޭނާ ދުއްވި ލޮރީ ވެސް ޓޯކޮށްފައެވެ. މައްސަލަ ތަހުގީގުކުރަމުން ގެންދާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved