ޝިއުނާގެ ފިރިމީހާ ބުނެފައިވަނީ މިކަމުގައި އިހުމާލު ވަރަށް ބޮޑަށް އެބައޮތް ކަމަށާ ބޭނުމީ އިންސާފު ކަމަށެވެ.
މި ހާދިސާގައި ސައިކަލުގައި ތިބި ދެ ކުދިންގެ ހާލު ސީރިއަސްކަމަށް އުނގޫފާރު ހޮސްޕިޓަލުން ބުނުމުން އިތުރު ފަރުވާއަށް އެ ދެކުދިން ވަނީ މާލެ ގެނެސްފަ އެވެ. މީގެއިތުރުން އަނިޔާ ޓީޗަރުވެސް ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފަ އެވެ.
ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައިޖީއެމްއެޗަށް ޒިޔާރަތް ނުކުރުމާއި އައިޖީއެމްއެޗަށް ޒިޔާރަތް ކުރާ ނަމަ، މާސްކް އަޅަން އިރުޝާދު ދީފައިވެއެވެ.
މި އެކްސިޑެންޓް ހިނގީ މިރޭ 18:29 ގައެވެ.
ދިވެހި ފިރިހެން މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އައިޖީއެމްއެޗް އީއާރަށް އުމުރުން 25 އަހަރުގެ ނޭޕާލު އަންހެނަކު މިދިޔަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ގެންދިޔަކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ބަނޑެއްގައި ރިއްސާތީ ކަމަށާ ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އޭނާގެ ޚަބަރު ހުސްވިކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ރައީސް މުއިއްޒުއެވެ. މަނިކުފާނަކަށް މިރާއްޖޭގެ މައްސަލަތަކެއް "ގެޓެއް" ނުވެ އެވެ. މި ރާއްޖޭގެ ރައްޔިތުންނަށް ދެންވެސް ހެވެއް އެދޭނަމަ ރައީސް ނަޝީދު ފަދައިން އަމިއްލަ ފުޅަށް އިސްތިއުފާ ދެެއްވާ ގެއަށް ކަނޑާލައްވާ ށެވެ. ދިވެހި ޑޮކްޓަރުންގެ ނިދާ އަކީ ވެސް މިއަދު މިއީ އެވެ.
އޮޕަރޭޝަންސްތަކަށް ބޭނުންވާ އެންމެ އާދައިގެ ވަސީލަތްތަކުން ފެށިގެން ގޮސް ސީރިއަސް ހާލަތްތަކުގައި ބޭނުންވާ އާލަތްތައްވެސް ނެތްކަމަށްވެއެވެ.
އާއިލާއިން ބުނެފައިވާގޮތުގައި، ޔޫނުސް އަކީ ސިއްހަތު ރަނގަޅު ކުއްޖެއް ކަމަށާއި، ސިއްހީ އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ. ނަމަވެސް މީގެ ދެ ހަފުތާކުރިން ޔޫނުސްގެ އުޅުމަށް ބަދަލު އައިސް، ހޮޑުލާތީ، ދެ ފަހަރެއްގެ މަތިން ޑޮކްޓަރަށް ދެއްކުމުން ވެސް ހޮސްޕިޓަލުން ބޭސް ދީފައި ފޮނުވާލީ ކަމަށް ބުނެފައިވެއެވެ.
މި މައްސަލަ މިހާރު ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް އެއިދާރާއިން ހާމަކޮށްފައިވެއެވެ.