

ރ. ފައިނުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ ދަރިވަރުން އިތުރު ފަރުވާއަށް މިއަދު މާލެ ގެނެސްފި އެވެ.
އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އެ މީހުން ފުރަތަމަ ގެންދިޔައީ އުނގޫފާރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށެވެ.
އެނގިފައިވާ ގޮތުގައި، 18 އަހަރުން ދަށުގެ ކުއްޖަކާއި ފައިނު ސްކޫލްގެ ދަރިވަރަކު ދުއްވި އެ ސައިކަލު ޖެހުނީ މަގުމަތީގައި ކަސްރަތަށް ހިނގަން ނުކުމެ އުޅުނު އެ ރަށު ސްކޫލްގެ ޕްރިންސިޕަލާއި ޓީޗަރެއްގެ ގައިގަ އެވެ.
މި ހާދިސާގައި ސައިކަލުގައި ތިބި ދެ ކުދިންގެ ހާލު ސީރިއަސްކަމަށް އުނގޫފާރު ހޮސްޕިޓަލުން ބުނުމުން އިތުރު ފަރުވާއަށް އެ ދެކުދިން ވަނީ މާލެ ގެނެސްފަ އެވެ. މީގެއިތުރުން އަނިޔާ ޓީޗަރުވެސް ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފަ އެވެ.
މި ހާދިސާގައި އެކްސިޑެންޓުވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.