ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ތުއްތު ކުއްޖަކަށް، އިންފެކްޝަންވެސް ނެތިސް ގަދަ ކަމުން އެންޓި ބައޮޓިކްސްދޭން މަސައްކަތްކޮށް އަނިޔާވެސް ކޮށްފައިވާ މައްސަލަ އެއް ފެންމަތިވެއްޖެއެވެ.
އެކްސް ހެންޑްލްގައި މީހަކު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އައިޖިއެމްޗަށް ވިހެއި ތުއްތު ކުއްޖަކު ހަކުރު ދަށް ކަމަށް ބުނެ އެންއައިސީޔޫއަށް ލީ ކަމަށާ އޭގެ ދެ ގަޑިއިރު ފަހުން ކުއްޖާގެ ހަކުރު ލެވެލް ކުރެއްވިއްޖެ ކަމަށް ބުނި ކަމަށެވެ. އަދި އޭގެ ފަހުން ކުއްޖާގެ އާއިލާއިން ކުއްޖާ ކައިރިއަށް އެންއައިސީޔޫއަށް ދިޔައިރު ކުއްޖާގެ އަނގަޔަށް އޮތީ ފޮތިގަނޑެއް ކޮށްޕާފައި ކަމަށާ ކިއްކުރަން ކޮއްޕާފައި އޮތް ފޮތިގަނޑެއްތޯ ސުވާލުކުރުން އެއި ކުއްޖާ ރޯތީ ކޮށްފައިވާ ކަމެއްކަމެއް ހޮސްޕިޓަލުން ބުނެފައިވާ ކަމަށް އެ ޕޯސްޓުގައި ވެއެވެ.
ކުއްޖާގެ ހަކުރު ލެވެލް ކުރެވުނު ނަމަވެސް ކުއްޖާއަށް އެންޓިބައޮޓިކެއް ފަށަށް ޖެހޭނެ ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށާ ނަމަވެސް ސަބަބެއް ބުނެ ނުދެއްވާ ކަމަށް ވެސް އެ ޕޯސްޓުގައިވެއެވެ. މީގެ އިތުރުން ކުއްޖާގެ ހެދީ ހަމައެކަނި ލޭގެ ޓެސްޓުތަކެއް ކަމަށާ ޓެސްޓުތަކުން އެއްވެސް އިންފެކްޝަނެއް އުޅޭކަމަށް ނުދައްކާ ވެސް އެ ޕޯސްޓުގައި ވެއެވެ. އެހެންކަމުން އެއްވެސް ކަމަކާ ނުލާ ކުއްޖާއަށް އެންޓި ބައޮޓިކްސް ފެށުމާ އާއިލާއިން ދެކޮޅު ހެދުމުން ޑޮކްޓަރު ވަނީ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ޔުނިޓުގައި މައްސަލަަ ޖަައްސާނެ ކަަމަށް ބުނެ އާއިލާއަށް ބިރު ދައްކާފައި ކަމަށްވެސް އެ ޕޯސްޓުގައިވެއެވެ.
Happening now @igmhmv, birudhehkun! Vihey kujjaa blood test thakaa ehchis hadhaafa infection eh neh, ekamu ves neyvaalun avahey kiyaafa antibiotics eh jahan. Ekan huhtuveema Mom aa dhurukuruvaigen buhnudhee mihaaru 24hrs ah vuren gina iru.
— Shervin Adam (@Hiyerlu) May 5, 2024
Hakuru dhahvegenney kiyaafa nursery ah… pic.twitter.com/Ck7U6i28MJ
މިކަމާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް އައިޖިއެމްއެޗްގެ މީޑިޔާ އޮފިސަރަށް މެސެޖުކޮށްލުމުން މެސެޖު "ސީން" ކުރެއްވި ނަމަވެސް އަދި ވަކި ޖަވާބެއް ނުދެއްވައެވެ.
އެންޓިބައޮޓިކްސްއަކީ ހަށިގަޑުގެ ތަނެއްގައި އިންފެކްޝަނެއް އުފެއްދިއްޖެ ނަމަ އެ އިންފެކްޝަން އިތުރަށް ފެތުރަނަ ނުދީ ބެކްޓީރީއާތައް މަރާލަން ދޭ ބޭހަކަށް ވާއިރު އަލަށް އުފަންވި އެ ތުއްތު ކުއްޖާއަށް އެންޓިބައޮޓިކްސް މައްސަލައެއް ނެތިއްޔާ ދޭން ނުޖެހޭނެކަން ގިނަ ބަޔަކު އެ ޕޯސްޓަށްކޮށްފައިވާ ކޮމެންޓުތަކުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން އެކަމުގައި އޮތީ ދެގޮތެއް ކަމަށާ އެއް ގޮތަކީ ހޮސްޕިޓަލުގެ އިހުމާލުން ކުއްޖާއަށް ކަމެއްވެފައިވުން ކަމަށާ ނުވަތަ ޑޮކްޓަރު ނާގާބިލީކަމަށް ވެސް ގިނަ ބަޔަކު ބުނެފައިވެއެވެ.
ކުއްޖާއަށް ބޭސްކުރަމުން ދަނީ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި އައިޖީއެމްއެޗްގައި މަސައްކަތްކުރައްވާ ޑރ.. ނުސެއިބާ ފާރޫގު ހަސަން ކަމަށް ރިޕޯޓުކޮށްފައިވެއެވެ.