April 4, 2026
Advertisement
އަނިޔާވެފައިވާ މީހާ ނަގަނީ
އަނިޔާވެފައިވާ މީހާ ނަގަނީ / ސޯޝަލް މީޑިއާ

ދަރުމަވަންތަ ހޮސްޕިޓަލު ތޮށި ބޭރުން ނެގި މީހާ ނިޔާވެއްޖެ

Ali Haaji
އަލީ ހާޖީ
Nov 27, 2024, 11:18 PM
މާލެ ސިޓީ

ދަރުމަވަންތަ ހޮސްޕިޓަލް ކައިރީ ބޭރު ތޮށި މޫދުން އަނިޔާތަކަކާއެކު އޮއްވާ ފެނިގެން ނެގި މީހާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

Advertisement

ފުލުހުން ދާދި ދެންމެ އަކު މީޑިޔާތަކަށް ހިއްސާ ކުރި މެސެޖެއްގައި ބުނެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލް ކައިރީ ބޭރު ތޮށި މޫދުން އަނިޔާވެފައިވަނިކޮށް މިއަދު ހެނދުނު ނެގި ދިވެހި ފިރިހެން މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެއީ 55 އަހަރުގެ މީހެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ކުރިން ހާމަކުރި މައުލޫމާތަށް ބަލާއިރު އެމީހާގެ ބޮލަށް އަނިޔާވެފައިވާ ކަމާ އަނިޔާވެފައިވަނީ އުޅަނދެއްގައި ޖެހިގެން ކަމަށް ބެލެވެއެވެ.

އެމީހާ ނިޔާވެފައިވާއިރު، މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved