ބޮޑު މެޖޯރިޓީއާއި އެކު މޭޔަރުކަން ކާމިޔާބުކުރެއްވި މަމްދާނީ އަކީ ފަލަސްތީނުގެ ޙައްގުގައި ވަކާލާތުކުރައްވާ، ޖެހިލުމެއްނެތި ޓްރަމްޕްގެ އިތުރުން ސަހްޔޫނީންނަށްވެސް ބަސްބުނަމުންދާ މީހެކެވެ. މީގެ ސަބަބުން ސަހްޔޫނީންގެ ބޮޑު ވަޒީރު ނަތަންޔާހޫ ވަނީ ނިއުޔޯކަށް އޭނާ ނުދާނެކަމަށްވެސް އިއުލާންކޮށްފައެވެ.
ގާޑިއަން ނޫހުގައި ބުނެފައިވާ ގޮތުން މަމްދާނީ ހުވާކުރުމުގެ ރަސްމިއްޔާތަށް ނިއުޔޯކް ސިޓީގެ ކައުންސިލް އިދާރާއިން ގެންދަނީ ތައްޔާރުވަމުންނެވެ.
އެމެރިކާގެ އެންމެ ނުފޫޒުގަދަ އެއް ސިޓީ ކަމަށްވާ ނިއުޔޯކްގެ މޭޔަރުކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގަތް ޒޮހްރާން މަމްދާނީ، އެ މަގާމުގެ ރަސްމީ ހުވާ ކުރައްވައިފި