theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސީ.އެން.އެން
ދުނިޔެ
ގިނަ ބަހުގެ ހަމަލާތަކަކަށްފަހު ގޮތް ހުސްވެ އެންމެފަހުން ޓްރަމްޕް މަމްދާނީއާއި ބައްދަލުކޮށްފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
22 ނޮވެމްބަރު 2025
މާލެ ސިޓީ

ނިއުޔޯކްގެ އިންތިޚާބީ މޭޔަރު ޒޮހްރާން މަމްދާނީއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށް، ކެމްޕެއިންގ އާއި އިންތިޚާބުގައި ނުފޫޒު ފޯރުވި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެންމެ ފަހުން ގޮތް ހުސްވެ މަމްދާނީއާއި ބައްދަލުކޮށްފިއެވެ.

ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމަށްފަހު މަމްދާނީ އާއި ޓްރަމްޕް ވަނީ ނޫސްވެރިންގެ ސުވާލުތަކަށްވެސް ޖަވާބު ދީފައެވެ.

މި ބައްދަލުވުމާއި ގުޅިގެން ގިނަ ބަޔެއްގެ ޚިޔާލުތަފާތުވުންތައް ކުރިމަތިވެފައިވީ ނަމަވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެކަކު އަނެކަކަށް ބަސް ބުނުމަށްވުރެ މައްސަލަތަކަށް ހައްލު ހޯއްދެވުމަށް ބައްދަލުކޮށް ވާހަކަދެއްކުމުން ރަނގަޅު މަޝްވަރާތައް ކުރެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ޓްރަމްޕާ ހިޔާލުތަފާތުވާ ދާއިރާތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން މަމްދާނީ ވިދާޅުވީ ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް ދެ ފަރާތުން ބައިވެރިވާ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ބައްދަލުވުމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން މަމްދާނީ ވިދާޅުވީ ރައީސްއާ އެކު ބޭއްވި ބައްދަލުވުމުގެ އަގުވަޒަން ކުރާކަމަށެވެ. "ރައީސް ދެންނެވި ފަދައިން، މި ބައްދަލުވުމަކީ ނިއުޔޯކް ސިޓީގެ މައްޗަށް އަލިއަޅުވާލައިގެން ކުރިއަށް ގެންދެވުނު ފުރިހަމަ ބައްދަލުވުމެއް،" ކުލި އަދި ކާބޯތަކެތި ފަދަ ދާއިރާތަކާ ގުޅޭ މަޝްވަރާތައް މި ބައްދަލުވުމުގައި ކުރެއްވި ކަމަށް މަމްދާނީ ވިދާޅުވިއެވެ.

ބޮޑު މެޖޯރިޓީއާއި އެކު މޭޔަރުކަން ކާމިޔާބުކުރެއްވި މަމްދާނީ އަކީ ފަލަސްތީނުގެ ޙައްގުގައި ވަކާލާތުކުރައްވާ، ޖެހިލުމެއްނެތި ޓްރަމްޕްގެ އިތުރުން ސަހްޔޫނީންނަށްވެސް ބަސްބުނަމުންދާ މީހެކެވެ. މީގެ ސަބަބުން ސަހްޔޫނީންގެ ބޮޑު ވަޒީރު ނަތަންޔާހޫ ވަނީ ނިއުޔޯކަށް އޭނާ ނުދާނެކަމަށްވެސް އިއުލާންކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved