April 5, 2026
Advertisement
ޒޮހްރާން މަމްދާނީ
ޒޮހްރާން މަމްދާނީ / ސޯޝަލް މީޑިއާ

ނިއުޔޯކް ސިޓީގެ އައު މޭޔަރު: މަމްދާނީ އަކީ ކާކު⸮

Yana Shareef
ޔާނާ ޝަރީފް
Nov 7, 2025, 03:29 AM

ޒޮހްރާން މަމްދާނީ އަކީ ކާކު

Advertisement

ޒޯރަން މަމްދާނީއަކީ އެމެރިކާގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ޑިމޮކްރެޓިކް ޕާް ޕާޓީގެ މެންބަރެއް އަދި ކޮމިއުނިޓީ އޯގަނައިޒަރެކެވެ. 1991 އަހަރުގެ އޮކްޓޯބަރު 18 ވަނަ ދުވަހު އުގަންޑާގެ ވެރިރަށް ކަމްޕާލާގައި އިންޑިއާ ނަސްލުގެ މައިންބަފައިންނަށް އުފަންވި މަމްދާނީއަކީ ޢިލްމީ ދާއިރާގައި ނަން މަޝްހޫރުވެފައިވާ އެކަޑަމީޝަން މަޙްމޫދު މަމްދާނީއާއި އެވޯޑް ލިބިފައިވާ ފިލްމު ކްރިއޭޓަރ މީރާ ނަޔަރުގެ ދަރިއެކެވެ.

އޭނާ ހަތް އަހަރުގެ އުމުރުގައި ނިއުޔޯކް ސިޓީއަށް ބަދަލުވެ، 2018 ވަނަ އަހަރު އެމެރިކާގެ ރައްޔިތެއްގެ ގޮތުގައި ރަސްމީކޮށް ރަޖިސްޓަރީވިއެވެ. ތަޢުލީމީ ގޮތުން ބޯޑޮއިން ކޮލެޖުން އެފްރިކާނާ ސްޓަޑީޒްގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ހާސިލުކޮށްފައިވެއެވެ.

ސިޔާސީ މައިދާނަށް ނުކުތުމުގެ ކުރިން މަމްދާނީ ވަނީ ހައުސިންގ ކައުންސިލަރެއްގެ ހައިސިއްޔަތުން މަސައްކަތްކޮށް، ޚާއްޞަކޮށް މާލީގޮތުން ދަތިތަކާ ކުރިމަތިލާ ގޭގެ ވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ކޮމިއުނިޓީ މަސައްކަތުގެ ތެރެއިން ލިބުނު ތަޖުރިބާތަކުގެ އަލީގައި އޭނާގެ ސިޔާސީ ފިކުރު ބިނާވެފައިވަނީ ގޯތިގެދޮރުގެ އަގުތައް ހެޔޮކުރުމާއި، މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމާއި، އަދި އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ އަސާސްތަކުގެ މައްޗަށެވެ.

މަމްދާނީއަކީ ޑިމޮކްރެޓިކް ސޯޝަލިސްޓްސް އޮފް އެމެރިކާ (ޑީ.އެސް.އޭ) އާ ގުޅިފައިވާ ބޭފުޅެކެވެ. 2021 ވަނަ އަހަރު އޭނާ ނިއުޔޯކް ސްޓޭޓް އެސެމްބްލީގެ 36 ވަނަ ޑިސްޓްރިކްޓަށް، ކުއީންސްގެ އެސްޓޯރިއާ އާއި ލޯންގް އައިލެންޑް ސިޓީ ހިމެނޭ ސަރަހައްދަށް ހޮވުނެވެ. އޭނާއަކީ އިޖްތިމާޢީ އަދި އިޤްތިޞާދީ މައްސަލަތަކުގައި ތަރައްޤީގެ ހިޔާލުތަކަށް ތާއީދުކުރައްވާ ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެކެވެ.

މަމްދާނީގެ މުސްލިމް ކަމުގެ ޝަޚްޞިއްޔަތަކީ އޭނާގެ ކެމްޕޭނުގައި ފާހަގަކޮށްލެވޭ ކަމެކެވެ. އޭނާ ވިދާޅުވެފައިވަނީ ގިނަ މުސްލިމް ނިއުޔޯކަރުން "ނިކަމެތިކަން" އިޙްސާސްކުރާ ކަމަށާއި، ތަފާތުކުރުމާއި 9/11 ގެ ފަހުން އުފެދުނު ޝައްކުގެ ތަރިކައިގެ ސަބަބުން އަމިއްލަ ސިޓީގައި މެހުމާނުންނެކޭ އެއްފަދައިން އިޙްސާސްކުރާ ކަމަށެވެ.

ސިޔާސީ ކަންކަމުގެ އިތުރަށް، މަމްދާނީއަކީ އެމެރިކާގެ ތަފާތު ލީޑަރުންގެ އާ ޖީލެއްގެ ތެރެއިން ފެނިގެންދާ ބޭފުޅެކެވެ. އޭނާ ހަރަކާތްތެރިވުމާއި ޤާނޫނު ހެދުމުގެ މަސައްކަތް އެއްކޮށްލައެވެ. އޭނާގެ މި ދަތުރުން ދައްކުވައިދެނީ އެމެރިކާގެ ރަށްފުށުގެ ސިޔާސީ ދާއިރާގައި ހިމެނުމާއި، އިޖުތިމާޢީ ޢަދުލުވެރިކަމާއި، ހަމަހަމަކަމަށް އިތުރަށް އަހައްމިއްޔަތުކަން ދެމުންދާކަމެވެ.

ނިއުޔޯކް ސިޓީގެ އެންމެ ފުރަތަމަ މުސްލިމު މޭޔަރަކަށް އޭނާ ވާއިރު އޭނަ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންގެ އިތުރުން ގިނަ އަދަދެއްގެ މުސްލިމުންގެ ވެސް ސަމާލުކަން ހޯދާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved