theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ޒޮހްރާން މަމްދާނީ / ސޯޝަލް މީޑިއާ
ދުނިޔެ
އިންޑިއާއިން މަމްދާނީއާ ޖައްސާލައިފި
Yana Shareef
ޔާނާ ޝަރީފް
11 ޖެނުއަރީ 2026

އިންޑިއާގެ ދާޚިލީ ކަންކަމާއި ނުބެހުމަށާއި އަމިއްލަ ޒިންމާތަކަށް އިސްކަންދިނުމަށް ނިއުޔޯކް ސިޓީގެ މޭޔަރު ޒޯހްރާން މަމްދާނީއަށް އިންޑިއާއިން ގޮވާލައިފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އެހެން ޑިމޮކްރެޓިކް ގައުމުތަކުގެ ފަނޑިޔާރުގޭގެ މިނިވަންކަމަށް އިންތިހާބީ މަންދޫބުން އިހްތިރާމް ކުރަންޖެހޭނެ ކަމަށެވެ. އަދި އިންޑިއާއާ ގުޅޭގޮތުން އަމިއްލަ ހިޔާލުތައް ހާމަކުރުމުގެ ބަދަލުގައި، މޭޔަރު މަމްދާނީއާ ހަވާލުކުރެވިފައިވާ އަމިއްލަ ޒިންމާތަކަށް ސަމާލުކަން ދިނުން މާ ބުއްދިވެރިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ފެންމަތިވީ، މިދިޔަ މަހު މަމްދާނީ، އުމަރު ހާލިދުގެ މައިންބަފައިންނާ ބައްދަލުކުރައްވައި، އުމަރު ހާލިދަށް ނިސްބަތްކޮށް އަތުން ލިޔުއްވާފައިވާ ސިޓީއެއް ހަވާލުކުރެއްވުމާ ގުޅިގެންނެވެ. އެ ސިޓީގައި މަމްދާނީ ވަނީ އުމަރު ހާލިދާއެކު ސާބިތުކަމާއެކު ހުންނެވިކަން ހާމަކުރައްވައި، އޭނާގެ ހާލަތާ މެދު އަބަދުވެސް ވިސްނަވާ ކަމަށް ވިދާޅުވެފައެވެ.

އުމަރު ހާލިދުގެ ބައްޕަ ސައީދު ގާސިމް ރަސޫލް އިލްޔާސް މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، 2023 ވަނަ އަހަރު އުމަރު ހާލިދުގެ ޖަލު ޑައިރީގެ ބައިތަކެއް މަމްދާނީ ކިޔުއްވާފައިވާތީ އެކަމަށް ޝުކުރު އަދާކުރުމަށް މިދިޔަ ޑިސެމްބަރު 9 ވަނަ ދުވަހު މަމްދާނީއާ ބައްދަލުކުރި ކަމަށެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved