April 5, 2026
Advertisement
.
. / ރޮއިޓަރސް

މަމްދާނީގެ ޓްރާންސިޝަން ޓީމްގެ އެންމެންނަކީ އަންހެނުން, ސާބިތުވީ އޭނާ އަންހެނުން ބާރުވެރިކުރުވާވަރު

Yana Shareef
ޔާނާ ޝަރީފް
Nov 7, 2025, 07:45 AM

ނިއު ޔޯކް ސިޓީގެ މޭޔަރު ކަމުގެ އިންތިހާބު ކާމިޔާބު ކުރައްވި ޒަހްރާން މަމްދާނީގެ ޓްރާންސިޝަން ޓީމް އިއުލާން ކުރައްވައިފިއެވެ.

Advertisement

އެ ޓީމްގައި ހިމެނިވަޑައިގަންނަވާ އެންމެންނަކީވެސް އަންހެންނުންނެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި މަމްދާނީ ވިދާޅުވީ، ޓްރާންސިޝަންގެ ކަންކަމުގައި ހަރަކާތްތެރިވާނީ ކުރީގެ ސިޓީ އަދި ފެޑެރަލް އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރި އަންހެނުން ކަަމަށާއި، މިހާރު އޮތް އިތުބާރު ދެމެހެއްޓުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މަމްދާނީ ވިދާޅުވީ ކެމްޕޭން ވައުދުތައް ފުއްދުމަށް އޭނާ އާއި އޭނާގެ ޓީމުން މަސައްކަތް ކުރާނެ ކަމަށާއި އޭނާގެ ސަރުކާރަކީ އޯގާތެރި އަދި ހަރުދަނާ ސަރުކާރަކަށް ވާނެ ކަމަށެވެ.

ޓްރާންސިޝަން ޓީމުގެ އެގްޒެކެޓިވް ޑިރެކްޓަރަކަށް އޭނާ ހަމަޖެއްސީ ޕޮލިޓިކަލް ސްޓްރެޓެޖިސްޓް އެލާނާ ލިއޮޕޯލްޑްއެވެ. އަދި ޔުނައިޓެޑް ވޭ އޮފް ނިއު ޔޯކް ސިޓީގެ ރައީސް ގްރޭސް ބޮނީލާ، ސިޓީ ބަޖެޓް އޮފިޝަލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ކުރީގެ ޑެޕިއުޓީ މޭޔަރު މެލާނީ ހާޓްޒޮގް އާއި ފެޑެރަލް ޓްރޭޑް ކޮމިޝަންގެ ކުރީގެ ޗެއާ ލީނާ ޚާން އަދި ކުރީގެ ފަސްޓް ޑެޕިއުޓީ މޭޔަރު މާރިއާ ޓޮރެސް-ސްޕްރިންގާވެސް އެ ޓީމްގައި ހިމެނިވަޑައިގަންނަވައެވެ.

ކުރީގެ ގަވަރުނަރު އެންޑްރޫ ކޫމޯ އާއި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ކާޓިސް ސްލިވާ ބަލިކުރެއްވުމަށް ފަހު، އުމުރުން 34 އަހަރުގެ ޑިމޮކްރެޓިކް ސޯޝަލިސްޓް މަމްދާނީ ވެވަޑައިގަންނަވާނީ އެ ސިޓީގެ ފުރަތަމަ މުސްލިމް މޭޔަރަށެވެ. އަދި ދެކުނު އޭޝިއާ ދަރިކޮޅާއި އެފްރިކާއަށް އުފަން ފުރަތަމަ މޭޔަރަށް ކަމަށްވާއިރު، އޭނާ ވެގެން ދާނީ މިދިޔަ 100 އަހަރު ތެރޭގައިވެސް އިންތިހާބެވުވަޑައިގެންނެވި އެންމެ ޒުވާން މޭޔަރަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved