April 5, 2026
Advertisement
.
. / ސޯޝަލް މީޑިއާ

މަމްދާނީގެ ވަރުގަދަ ބަހުގެ ހަމަލާއެއް ޓްރަމްޕަށް: ނިއުޔޯކަކީ އިމިގްރަންޓުންގެ ސިޓީއެއް

Yana Shareef
ޔާނާ ޝަރީފް
Nov 10, 2025, 09:22 AM

ނިއުޔޯކަކީ އިމިގްރަންޓުންގެ ސިޓީއެއްގެ ގޮތުގައި ދެމިހުންނާނެ ތަނެއްކަމަށް އެ ސިޓީގެ އައު މޭޔާރ ޒޮހްރާން މަމްދާނީ ވިދާޅުވެއްޖެއެވެ.

Advertisement

"ނިއުޔޯކް އިމިގްރަންޓުންގެ ސިޓީއެއްގެ ގޮތުގައި ދެމިހުންނާނެ, އިމިގްރަންޓުން ބިނާކޮށް، އިމިގްރަންޓުން ބާރުވެރިކޮށް، އަދި މިރޭއިން ފެށިގެން އިމިގްރަންޓެއް ލީޑްކުރާ ސިޓީއެއްގެ ގޮތުގައި ދެމިހުންނާނެއެވެ،" ބްރުކްލިންގެ ޕެރަމައުންޓް ތިއޭޓަރުގައި އުފާވެރިކަމާއެކު އެއްވެފައިވާ ހާޒިރީންނަށް އޭނާ ވިދާޅުވިއެވެ.

މުސްލިމް ބަފައެއްގެ އަދި ހިންދޫ މަންމައެއްގެ ދަރިއެއްގެ ގޮތުގައި، ކަމްޕާލާގައި އުފަން، ނިއުޔޯކުގައި ބޮޑުވެ، އަދި ޑިމޮކްރެޓިކް ސޯޝަލިޝަލިސްޓެއްގެ ގޮތުގައި އަމިއްލަ ނަފްސު ދެނެގަންނަ މަމްދާނީ ވަނީ ނިއުޔޯކްގެ އައު މޭޔަރަކަށް އިލެކްޓުވެފައެވެ.

ނިމިދިޔަ ހަފްތާގެ ކުރީކޮޅު، ސެންޓަރ ފޮރ ސްޓަޑީ އޮފް އޯގަނައިޒްޑް ހޭޓްއިން ޝާއިޢުކުރި ރިޕޯޓެއްގައި ޖުލައިއާއި އޮކްޓޯބަރު މަހުގެ ދެމެދު އޮންލައިންކޮށް އިސްލާމްފޯބިކް ކޮމެންޓްތައް އިތުރުވެފައިވާކަން ފާހަގަކޮށްފައިވެއެވެ، އޭގެ ގިނަ ކޮމެންޓްތަކުގައި މަމްދާނީއަކީ ހައްދުފަހަނައަޅާފައިވާ މީހެއް ނުވަތަ ޓެރަރިސްޓެއްކަމަށް ލޭބަލްކޮށްފައިވެއެވެ. އެހެންނަމަވެސް އެއީ ދޮގު ވާހަކަތަކެއްކަމަށް ގިނަ ބަަޔަކު ގަބޫލުކުރެއެވެ.

އިންތިޚާބުގެ ދެ ދުވަސް ކުރިން، އެންޑްރޫ ކުއޯމޯއަށް ތާއީދުކުރާ ސުޕަރ ޕެކްއަކުން 9/11 ގައި ޓްވިން ޓަވަރސް ވެއްޓެމުންދާ މަންޒަރުގެ ކުރިމަތީގައި މަމްދާނީ ފެންނަ އިޝްތިހާރެއް ދައްކާފައިވެއެވެ.

އޭގެ ކުރިން، ސިޓީގައި ބެހި ފްލަޔަރއެއްގައި މަމްދާނީގެ ތުނބުޅި އިތުރަށް ބޯކޮށް އަދި ބޮޑުކޮށް ދައްކައި، އޭނާ އިތުރަށް ބިރުވެރިކޮށް ދެއްކުމަށް މަސައްކަތްކޮށްފައިވެއެވެ. އޮކްޓޯބަރު މަހުގެ ފަހުކޮޅު، ކަރުނައިން ފުރިފައިވާ މަމްދާނީ ބްރޮންކްސްގައި ދެއްވި ހިތްގައިމު ޚިޠާބެއްގައި މި ތުހުމަތުތަކަށް ޖަވާބުދެއްވިއެވެ. އޭނާ ވަޢުދުވެވަޑައިގަތީ އިމިގްރަންޓެއްގެ ގޮތުގައި، ޚާއްޞަކޮށް މުސްލިމެއްގެ ގޮތުގައި: "އަހަރެން ދެން އިތުރަކަށް ހިޔަނީގައި ނުހުންނާނަމެވެ." މަމްދާނީ ވިދާޅުވިއެެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved