theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
. / ސޯޝަލް މީޑިއާ
ދުނިޔެ
މަމްދާނީ ނިއުޔޯކްގެ މޭޔަރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަނީ ސިއްރިޔާތުގައި
Yana Shareef
ޔާނާ ޝަރީފް
31 ޑިސެމްބަރު 2025

އެމެރިކާގެ ނިއުޔޯކް ސިޓީގެ މޭޔަރުކަމަށް އިންތިޚާބު ކޮށްފައިވާ މުސްލިމް މޭޔަރު (މޭޔަރު އިލެކްޓް) ޒަހްރާން މަމްދާނީ މަގާމުގެ ހުވާކޮށް މޭޔަރުކަމާ ހަވާލުވުމުގެ ރަސްމިއްޔާތު ބާއްވާނީ މިއަދުކަމަށް ދަ ގާޑިއަން ނޫހުން ބުނެފިއެވެ.

ގާޑިއަން ނޫހުގައި ބުނެފައިވާ ގޮތުން މަމްދާނީ ހުވާކުރުމުގެ ރަސްމިއްޔާތަށް ނިއުޔޯކް ސިޓީގެ ކައުންސިލް އިދާރާއިން ގެންދަނީ ތައްޔާރުވަމުންނެވެ. ދެ ގޮތަކަށް މި ރަސްމިއްޔާތު ބާއްވާނެއެވެ. މި ރަސްމިއްޔާތު އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ ކްލޯޒް ޑޯ ނުވަތަ ބަންދުކޮށް ސިއްރިއްޔާތުގައި ބާއްވާ ރަސްމިއްޔާތެއްގެ ގޮތުގައެވެ.

ރަސްމިއްޔާތު ބާއްވަނީ ނިޔުޔޯކް ސިޓީގެ ޓައުންހޯލްގެ ބޭސްމަންޓްގައިވާ ކުރީގެ ގަދީމީ މެޓްރޯ ސްޓޭޝަންގައެވެ.

މިއީ 1904 ވަނައަހަރު ނިޔުޔޯކްގައި ހުޅުވައި 1945 ވަނައަހަރު ބަންދުކޮށްފައިވާ ތާރީޚީ ރޭލްވޭ ސްޓޭޝަނެކެވެ. ހުވާކުރުމުގެ ރަސްމިއްޔާތުގައި މަމްދާނީއަށް މަގާމުގެ ހުވާލައިދެއްވާނީ ނިޔުޔޯކް ސިޓީގެ އެޓާނީ ޖެނެރަލް ލެޓިޓިއާ ޖޭމްސް އެވެ.

ނިޔުޔޯކް ސިޓީގެ ޓައުންހޯލްގެ ބޭސްމަންޓްގައި ސިއްރު ގޮތެއްގައި ބާއްވާ ރަސްމިއްޔާތަށްފަހު އާންމުކޮށް ހުޅުވާލައިގެން ހުވާކުރުމުގެ އިތުރު ރަސްމިއްޔާތެއް ބާއްވާނެއެވެ.

މި ރަސްމިއްޔާތު ބާއްވާނީ ޕޮޕިއުލާ ސެލެބްރޭޝަން (އާންމުންގެ ބައިވެރިވުމާއެކު) ނިޔުޔޯކްގެ ބްރޯޑްވޭ ސްޓްރީޓް ގައެވެ. މި ރަސްމިއްޔާތުގައި ކޮންގްރެސްގެ މަޝްހޫރު ސެނެޓަރު ބާނީ ސެންޑާސް އާއި މަމްދާނީ އަށް ތާއީދުކުރާ އެމެރިކާގެ ސިޔާސީ ބޭފުޅުންނާއި އޭނާއަށް ތާއީދުކުރާ ނިޔުޔޯކްގެ އާންމު ރައްޔިތުން ބައިވެރިވާނެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved