April 3, 2026
Advertisement
ހަމާސްގެ ކޮމާންޑަރުން
ހަމާސްގެ ކޮމާންޑަރުން

ދެމުންދާ އިންޒާރުތަކަކީ ލިބޭ އިތުރު ހިތްވަރެއް: ހަމާސް

Mariyam Isaadha
މަރިޔަމް އިސާދާ
Sep 12, 2025, 09:15 PM
މާލެ ސިޓީ

ހަމާސްގެ ލީޑަރުން އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދީގެން ހަމާސްގެ ސާބިތުކަމާއި އިސްތިއުމާރާ ދެކޮޅުވެރިކަން މުގުރާލުމުގައި ކާމިޔާބު ނުލިބޭނެ ކަމަށް އެޖަމާއަތުން ހާމަކޮށްފިއެވެ.

Advertisement

ހަމާސްއިން މިފަދައިން ބުނެފައިވަނީ ސަހްޔޫނީންގެ ދާހިލީ ސަލާމަތީ އިދާރާ ޝިން ބެޓްއާ ގުޅިގެން އެގައުމުގެ ވައިގެ ސިފައިން ގަތަރުގެ ވެރިރަށް ހަމަލާދީ ހަމާސްގެ އިސް ލީޑަރުން އަވަހާރަކޮށްލަން ހަމަލާދިނުމާ ގުޅިގެންނެވެ.

ހަމާސްއިން ބުނި ގޮތުގައި ދެމުންދާ މަރުގެ އިންޒާރުތަކަކީ އެ ޖަމާއަތުގެ ބައިވެރިންނަށް ސާބިތުކަން އިތުރުކޮށްދޭ ކަމެކެވެ މީގެ އިތުރުން ހަމާސްގެ ލީޑަރުންގެ ލޭއަކީ ޣައްޒާ، ގުދުސް، ހުޅަނގު އައްސޭރި، އަދި ފަލަސްތީނުގެ ދަރިންގެ ލެއަށްވުރެ އަގުބޮޑު އެއްޗެއް ނޫން ކަމަށާ ހަމާސްގެ ލީޑަރުން އަވަހާރަކޮށްލުމުގެ އިންޒާރު ދިނަސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ދިފާއުކުރުމަށް ހަމާސް އާއި ހަމާސްގެ  އިސްވެރިން ފަހަތަށް ނުޖެހޭނެކަމަށް ވެސް އެ ޖަމާއަތުން ވަނީ ހާމަކޮށްފައެވެ.

ޒަޔަނިސްޓް އިޒްރޭލުގެ ޖަރީމާއަކީ ހަމައެކަނި ޤަޠަރު ދައުލަތުގެ އިސްތިގުލާލަށް ދިން ހަމަލާއެއް ނޫން އެ ހަމަލާ އަކީ ހުރިހާ އަރަބި އަދި އިސްލާމީ ޤައުމުތަކާ ދެކޮޅަށް ކުރި ހަނގުރާމައިގެ ބާރުގަދަ އިޢުލާނެއްކަމަށް ބުނެ ހަމާސް އިން ބުނެފައިވަނީ ޒަޔަނިސްޓް އެންޓިޓީގެ ސަބަބުން ސަރަހައްދީ އަދި ބައިނަލްއަގްވާމީ ސަލާމަތަށް ނުރައްކާ ކުރިމަތިވެއްޖެ ކަމަށެވެ.

އެހެންކަމުން އިޒްރޭލުން ލާޒިމުކުރާ ޖަންގަލީގެ ގާނޫނާއި އެގައުމުގެ ޖަރީމާތަކާއި އެކު ތޯ ތިބީ ނުވަތަ ނޫން ތޯ ދުނިޔޭގެ ލީޑަޝިޕުން ސާފުކޮށް އިޚްތިޔާރު ކުރަން ޖެހެކަމަށް ވެސް ހަމާސް އިން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved