

ތިންބާރު ވަކިވެ އެއް ބާރުން އަނެއް ބާރަށް ފާރަވެރިވާން އޮންނަ ވެރިކަމުގެ ނިޒާމެއްގެ ތެރެއިން ވެރިކަން ހިނގަމުން އަންނައިރު، ޖުޑިޝިއަީގެ އެންމެ މަތީ ކޯޓު، ސުޕްރީމު ކޯޓުން، ވެރިކަން ކުރުމުގެ ބާރު، ރައީސުލްޖުމްހޫރިއްޔާއަށް ސަނާ ތައުރީފުކުރުމަކީ އަޅުވެތިވުމުގެ މިސާލެއް ކަމަށް ސިފަކޮށްފިއެވެ.
މިފަދައިން ގިނަ ބަޔަކު އެކަން ސިފަކޮށްފައިވަނީ، އަންނަ އަހަރުން ފެށިގެން ދައުލަތުގެ އާމްދަނީން ވަކި ޕަސަންޓެއް ކަނޑައަޅާ، އެފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރުމަށް ސަރުކާރުން ނިންމުމުން އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން ރައީސް މުހައްމަދު މުއިއްޒަށް ސަނާކިޔުމާ ގުޅިގެންނެވެ.
އެކަމަށް ފާޑުކިޔާ މީސް މީޑިޔާގައި މީގެ ކުރިން ސުޕްރީމު ކޯޓުގައާ ޖުޑިޝިއަރީގައި މަސައްކަތްކޮށްފައިވާ އެކި އެކި ފަރާތްތަކުންނާ ގާނޫނީ ވަކީލުންވެސް ވަނީ ފާޑުކިޔާފައެވެ.
އެގޮތުން ދިވެހި ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ ޖުޑިޝަރީ ހަރުދަނާކުރައްވައި، މިނިވަން ޖުޑިޝަރީއެއް ޤާއިމުކުރެއްވުމަށް، މުއިއްޒު އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުން ދައުލަތުގެ އާމްދަނީގެ ވަކި އިންސައްތައެއް ޖުޑިޝަރީގެ ބަޖެޓުގައި ހިމެނުމަށް ނިންމީތީ ޝުކުރު އަދާކުރުމަކީ "އަންއެތިކަލް" ކަމެއްގެ ގޮތުގައި ސުޕްރީމު ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ ވިދާޅުވެފައެވެ.
ހުސްނުއްސުއޫދު ވަނީ ޝަރުއީ މުއާމަލާތްތައް ކުރަންވާނީ، ޝަރުއީ ނިޒާމުގެ ނަޒާހަތްތެރިކަމަށް ބުރޫއަރާފަދަ އާންމު މަޝްވަރާތަކުގެ ބަދަލުގައި، އެކަށީގެންވާ ގޮތްތަކުން ކަމަށް ވެސް ވިދާޅުވެފައެވެ.
It is highly unethical for the Supreme Court to engage with the President on social media. Judicial communication should be through proper channels, not public exchanges that risk undermining the integrity of the judiciary. pic.twitter.com/ziUCAGEirE
— Husnu Al Suood (@husnusuood) September 11, 2025
ބައެއް އާންމުން ބުނީ ސުޕްރީމް ކޯޓުގެ ޕޯސްޓުން ދޭހަވީ ޖުޑީޝަރީގެ މިނިވަންކަން ނެތް މިންވަރު ކަމަށާއި އޭގެ ސަބަބުން އާންމުން ޖުޑިޝަރީއަށް ކުރާ އިތުބާރު ވެސް ކުޑަވާނެ ކަމަށެވެ.
މީގެ އިތުރުން ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރިގެ މެމްބަރު އިމްތިޔާޒު ފަހުމީވެސް ވަނީ މިކަމަށް ފާޑުވިދާޅުވެފައެވެ. އިންތި ވިދާޅުވި ގޮތުގައި، ސަރުކާރުގެ އެ ނިންމެވުން ނިންމެވިކަން ފާހަގަކުރެއްވުމަކުން ގޯހެއް ނެތް ކަމަށާ ނަމަވެސް "އުފާކުރައްވައި" "މަރުޙަބާ ދަންނަވައި" "ރައީސަށް ޝުކުރުދެންނެވުން ފަދަ ބަސްފުޅުތަކުން ސްޕްރީމް ކޯޓުން ޓްވީޓްކުރެއްވުމަކީ ޖުޑިޝަލް އެތިކްސް އާ ފުށުއަރާކަމެއް ކަމަށް ދެކޭ ކަމަށެވެ.
ސަރުކާރުގެ އެ ނިންމެވުން ނިންމެވިކަން ފާހަގަކުރެއްވުމަކުން ގޯހެއް ނެތް؛
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) September 11, 2025
ނަމަވެސް "އުފާކުރައްވައި" "މަރުޙަބާ ދަންނަވައި" "ރައީސަށް ޝުކުރުދަންނަވައި" މި ބަސްފުޅުތަކުން ސްޕްރީމް ކޯޓުން ޓްވީޓްކުރެއްވުމަކީ ޖުޑިޝަލް އެތިކްސް އާ ފުށުއަރާކަމެއް ކަމަށް ދެކެން. https://t.co/xb9tP5Npth
މީގެ އިތުރުން ސުޕްރީމު ކޯޓަކީ އެކްޓިވިސްޓުން ތިބި ތަނެއްގެ ގޮތުގައިވެސް އާންމު ރައްޔިތުން ވަނީ ސިފަކޮށްފައެވެ. އެންމެ ޕޯސްޓަކުން ސުޕްރީމު ކޯޓުގެ މިނިވަންކަން އޮތް މިންވަރު ހާމަވެއްޖެ ކަމަށްވެސް ވަނީ ބުނެފައެވެ.
Judicial independence in one post!
— FavaazAnwar (@FavaaxAnwar) September 11, 2025
Supreme court = Common activist.
Block grants here, block grants there, block grants everywhere! https://t.co/GjZskNpXbQ
ހަމައެހެންމެ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން ފެނިގެން ދަނީ ފެނިގެންވާނެ ކަންކަން ނޫން ކަން ފާހަގަކޮށް އިތުރު ރައްޔިތަކު ވަނީ، ތިން ބާރަށް ވެސް ކަނޑައެޅިފައިވާ ފައިސާއަކީ ބަޖެޓަކުން ދޭ އެއްޗަކަށްވެސް ވާން ޖެހޭނެ ކަމަށް ވެސް ބުނެފައެވެ.
This is a serious misstep from @SCMaldives. The Constitution clearly establishes separation of powers — and it is the Executive’s duty to provide independent institutions with adequate resources. These institutions must demand their rightful budgets to fulfill their mandate. https://t.co/fyiKZsG5VZ
— Siyaasath MV (@MVSiyaasath) September 12, 2025
ޖުޑިޝިއަރީއަށް ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެމަނިކުފާނުގެ އަމަލުތަކުން ހާމަވަނީ ޖުޑިޝިއަރީއަށް އިންތިހާއަށް ނުފޫޒު ފޯރުވާ ކަންކަމަށްވެސް އެތައް ރައްޔިތުންނެއް ވަނީ ސޯޝަލް މީޑިޔާގައި ޚިޔާލުފާޅުކޮށްފައެވެ.