May 17, 2026
Advertisement
މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ހޮވި، ޕީއެންސީއަށް ސޮއިކުރި މެންބަރުންގެ މައްސަލަ ސުޕްރީމް ކޯޓަށް!
މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ހޮވި، ޕީއެންސީއަށް ސޮއިކުރި މެންބަރުންގެ މައްސަލަ ސުޕްރީމް ކޯޓަށް! / ސޯޝަލް މީޑިއާ

މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ހޮވި، ޕީއެންސީއަށް ސޮއިކުރި މެންބަރުންގެ މައްސަލަ ސުޕްރީމް ކޯޓަށް!

May 13, 2026, 09:10 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ގޮތުން ވާދަކުރައްވައި ކާމިޔާބު ހޯއްދެވުމަށްފަހު، ވެރިކަންކުރާ ޕާޓީ ކަމަށްވާ ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅިވަޑައިގެންނެވި މެންބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ.

Advertisement

މައްސަލަ ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވަނީ ގާނޫނީ އަލްއުސްތާޛު ވަކީލު އަލީ ހުސައިނެވެ.

 އަލީ ހުސައިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ވަގުތު ރައްޔިތުންގެ މަޖިލީހުގައި ގޮނޑި ގެއްލިފައިވާ ހައެއްކަ މެންބަރުން އެބަތިބި ކަމަށާއި، އެ މީހުންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ހަމައެއާއެކު އަލީ ހުސައިން ވިދާޅުވީ، މި މައްސަލަ ހުށަހަޅަނީ އަމިއްލަ ގޮތުން ނުވަތަ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިޚާބުވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރުމުގެ ކުރިން ނުވަތަ ފަހުން ޕީއެންސީއަށް ސޮއިކުރި މެންބަރުންނާ ގުޅޭގޮތުން ކަމަށެވެ. 

އަލީ މިފަދަ މަސައްކަތެއް ފައްޓަވާފައިވާއިރު، މިދިޔަ މަހުގެ 29ގައި ސުޕްރީމް ކޯޓުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރެވޭނެ ހަމައެއް ނެތް ކަމަށް ހުކުމްކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved