March 25, 2026
Advertisement
ރިފަރަންޑަމްއާ ގުޅޭ ދުސްތޫރީ މައްސަލަ ސުޕްރީމު ކޯޓުގައި މާދަމާ ފަށަނީ
ރިފަރަންޑަމްއާ ގުޅޭ ދުސްތޫރީ މައްސަލަ ސުޕްރީމު ކޯޓުގައި މާދަމާ ފަށަނީ / ސޯޝަލް މީޑިއާ

ރިފަރަންޑަމްއާ ގުޅޭ ދުސްތޫރީ މައްސަލަ ސުޕްރީމު ކޯޓުގައި މާދަމާ ފަށަނީ

Mariyam Isaadha
މަރިޔަމް އިސާދާ
Mar 25, 2026, 03:06 PM
މާލެ ސިޓީ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ މެދުގައި ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރިފަރަންޑަމް ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް މާދަމާ ފެށުމަށް އެ ކޯޓުން ތައްޔާރުވެއްޖެއެވެ.

Advertisement

މާދަމާގެ ހެނދުނު ފަށަ މައްސަލައަކީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އައިކް އަހުމަދު އީސަ އަދި ވަކީލް އިބްރާހިމް ޝިޔާމު، އިލެކްޝަން ކޮމިޝަނުން ރަފަރަންޑަމް ވޯޓުގައި އަހާ ސުވާލާ ގުޅިގެން ހުށަހެޅުއްވި ދުސްތޫރީ މައްސަލައެވެ.

 މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތު އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އިންނަވާއިރު، ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

އައިކްއާ ޝިޔާމް ހުށަހެޅި މައްސަލައިގައި ވަނީ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ހިމެނޭ ސުވާލަކީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ކަމަށެވެ. އެހެންކަމުން، އެ ސުވާލު ހިމެނޭ ގޮތަށް މި ވޯޓު ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެ މައްސަލާގައި ވަނީ އެދިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ވެސް ވަނީ އާންމު ވޯޓާ ގުޅޭ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އޭނާ ހުށަހެޅުއްވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން މަޖިލީހުން ގެނައި އިސްލާހު މިހާރު ބާތިލްވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނިންމިކަން ސާފެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved