April 29, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކުކުޅު ފިހާރައިގެ ޗިކަން ސްޓްރިޕް ކޭހަކުން 100ރ އަގު ހެޔޮކޮށްފި!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 15, 2025, 01:44 AM
މާލެ ސިޓީ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފިނި ކުރި ކާބޯތަކެތި ވިއްކަމުން އަންނަ ކުކުޅު ފިހާރައިން ވިއްކާ ޗިކަން ސްޓްރިޕް ކޮންމެ ކޭހަކުން 100ރ އަގުހެޔޮކޮށްފިއެވެ.

Advertisement

ކަސްޓަމަރުންނަށް އަބަދުވެސް ތަކެތި ހެޔޮ އަގުގައި ފޯރުކޮށްދެމުން އަންނަ ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރު މާޝިތާ އާދަމް ވިދާޅުވީ، ކުކުޅު ފިހާރައިން ވިއްކާ ޗިކަން ސްޓްރިޕް ކޭހަކުން 100ރ. އަގުހެޔޮކޮށްފައިވާ ކަމަށެވެ.

މިއާއެކު ކުރިން 1،050ރ އަށް ވިއްކަމުން ދިޔަ 1000ރ. 10 ޕެކެޓް ހިމެނޭ ޗިކަން ސްޓްރިޕް ކޭހެއް މިހާރު 950ރ. އަށް ލިބިގެންދާނެ ކަމަށް ވެސް މާޝިތާ ވިދާޅުވިއެވެ.

ކުކުޅު ފިހާރައިން ލިބެން ހުންނަ ފިނި ކުރި ކާބޯތަކެތީގެ ތެރޭގައި ގަނޑުކުރި ކުކުޅާއި (ކޮށާފައި އަދި ނުކޮށާ)، ކުކުޅު ފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީފުޑް، ސޮސެޖް، ޓާކީ އަދި އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒް ފަދަ އެތައް ޕްރޮޑަކްޓެއް ހިމެނެއެވެ.

ކުކުޅު ފިހާރައިން ތައާރަފް ކުރާ އާ ޕްރޮޑަކްޓްތަކުގެ އިތުރުން އާ ޕްރޮމޯޝަންތައް ފޭސްބުކް ޕޭޖް މެރުވެރިކޮށް އެނގޭނެއެވެ. އަދި 9986575 އަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ.

އެ ފިހާރައިން ހޯލްސޭލްކޮށް މުދާ ގަންނަން ބޭނުންވާ ފަރާތްތަކުން 9986575 ނަންބަރަށް ވައިބާރ ކޮށްގެން އޯޑަރ ކުރެވޭނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved