April 4, 2026
Advertisement
ފާތިމަތު އަޝްފާ. ޕީއެންއެފް އަދާހަމައިގައި
ފާތިމަތު އަޝްފާ. ޕީއެންއެފް އަދާހަމައިގައި / ތޭރަ އޮންލައިން

ރައީސްކަމަށް ބޭފުޅަކު ގެންނަވަނީ ޖަކުޒީގައި ފެންވަރައިގެން އަރާމުކުރުމަކަށް ނޫން: އަޝްފާ

Mariyam Isaadha
މަރިޔަމް އިސާދާ
Feb 28, 2024, 01:35 AM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވުމަކީ އަރާމުކޮށް އެންޖޯއިކުރަން ހަވާލުވާ މަގާމެއްކަމުގައި ދެކިގެން ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ފާތިމަތު އަޝްފާ ވިދާޅުވެއްޖެއެވެ.

Advertisement

ޗެނަލް13 އިން ގެނެސްދޭ ޕީއެންއެފް އަދާހަމަ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަޝްފާ ވަނީ، ސިޓީޒް ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކު ވޯރަކް އާދަމް ޝަރީފު ރައީސް މުއިއްޒުއަށް ތައުރީފުކުރައްވަމުން ވިދާޅުވި ބަސްފުޅެއް ނަކަލު ކުރައްވާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަށެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ރައީސް ގެންދަވަނީ އަރާމުކުރެއްވުމެއް ނެތި ރައްޔިތުންނަށް ހިދުމަތްކުރައްވަމުން ކަމަށެވެ.

މިވާހަކައަށް ރައްދު ދެއްވާ އަޝްފާ ވިދާޅުވީ، ރައީސްކަމުގެ މަގާމަށް ރައްޔިތުން ވޯޓު ދީގެން ބޭފުޅަކު ހޮވަނީ އަރާމުކޮށް މަޖާކުރުވަން ނޫން ކަމަށާ އެ މަގާމަށް މީހަކު ގެންނަނީ ރައްޔިތުންގެ މުހުތާދުތައް ފުއްދާދިނުމަށް ގައުމުގެ ތެރެއިން ކަންކަމަށް މަގު ފަހިކުރުވަން ކަމަށެވެ.

އަޅުގަޑުގެ ސުވާލަކީ ރައީސުލްޖުމްހޫރިއްޔާ އަރާމުކުރައްވަންތޯއޭ ރައްޔިތުން އެ ގޮނޑީގައި އެމަނިކުފާނު ބޭންދީ. ޖަކުޒީ މުލިއާގެއަށް ލައިގެން ލައިފް އެންޖޯއި ކުރައްވަން ތޯއޭ ތި ބޭފުޅުން ރައީސްގެ މަގާމަށް ޑރ. މުއިއްޒު ގެންނެވީ މިއީ ކޮށްލަން ހަމަ ބޭނުން ސުވާލެއް. މިވަރުގެ ބޮޑެތި ޚަރަދުތައް ކުރަމުންދާކަމަށްވާނަމަ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއަކީ އަރާމުކުރުން ނޫން ކަން އެމަނިކުފާނު ވެސް ޖެހޭނެ ދަންނަން.

އަޝްފާ

އަޝްފާ ވަނީ މި ފަދަ ވާހަކަތަކުން އިބްރަތް ލިބިގަނެ ކުރިއަށް އޮތް މަޖިލިހުގައި ރައީސް ޔުާމީންގެ އަޑު އިއްވުމަށް އެމަނިކުފާނު އެންޑޯޒްކުރެއްވި ކެންޑިޑޭޓުންނަށް ވޯޓުދީ މަޖިލީހުގެ ތަޅުމުގައި ވަކާލާތުކުރުމުގެ ފުރުސަތު ދެއްވަން ޖެހޭކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved