April 27, 2026
Advertisement
.
.

އާދަމް ޝަރީފް، ތޯރިގު އަދި ދިޔާނާ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކޮށްފި

Apr 26, 2026, 10:15 PM

މި ސަރުކާރުގެ ފުރަތަމަ ކެބިނެޓްގައި އިންނެވި އާދަމް ޝަރީފް އުމަރާއި ތޯރިގު އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކޮށްފި އެވެ.

Advertisement

އެ ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރެއްވީ އެކި ދުވަސް މަތީންނެވެ.

މި މަގާމުގެ ކުރިން އާދަމް ޝަރީފް ހުންނެވީ ލޯކަލް ގަވަމެންޓް މިނިސްޓަރުގެ މަގާމުގަ އެވެ. އަދި ތޯރިގު އިބްރާހީމް ހުންނެވީ ޓުއަރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމުގަ އެވެ.

ސަރުކާރުގެ 10 މިނިސްޓަރުން މިދިޔަ 14 އޭޕްރީލްގައި މިނިސްޓަރުކަމުން އިސްތިއުފާ ދެއްވިއިރު އޭގެ ތެރޭގައި އާދަމް ޝަރީފާއި ތޯރިގު ހިމެނިވަޑައިގަންނަވަ އެވެ.

މިިނިސްޓްރީތަކުގެ އޮނިގަނޑަށް ބަދަލުތަކެއް، 10 މިިނިސްޓަރަކު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ މިދިޔަ 4 އޭޕްރީލްގައި ބޭއްވި ހިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރުން ހުށަހެޅި ގޮތަށާއި ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހުގަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved