theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ތޭރަގްރެފިކްސް
ހަބަރު
ބްރޮޑްކާސްޓިން ކޮމިޝަނުން އަންގައިގެން ޗެނަލް 13 ގެ ބްރޮޑްކާސްޓިން ވަނީ މެދުކަނޑާލާފައި
Ali Haaji
އަލީ ހާޖީ
16 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ބްރޮޑްކާސްޓިން ކޮމިޝަނުން އަންގައިގެން ޗެނަލް 13 ގެ ބްރޮޑްކާސްޓިން ވަނީ މެދުކަނޑާލާފައެެވެ.

މިފިޔަވަޅު އެ ކޮމިޝަނުން އަޅާފައިވަނީ މިދިޔަ އޭޕްރީލް 17 ވަނަ ދުވަހު އެ ޗެނަލުން ލައިވްކުރި ޕީއެންއެފްގެ "ދަ ފްރޮންޓް އޮފީސް" ޕްރޮގްރާމްގައި ބްރޯޑްކާސްޓް ކުރުމުގެ ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓް ދައްކާފައިވާތީ ކަމަށް ބުނެއެވެ.

ޕީއެންއެފް އިން ބާއްވަމުންދާ ޓައުން ހޯލް ޖަލްސާތަކަކީ ސަރުކާރުން ހިންގަމުންދާ ނުރަނގަޅު ކަންތައްތައް ފާހަގަކޮށް، މި ކަންކަމަށް ރައްޔިތުން ހޭލުންތެރިކޮށް ސަރުކާރު ޒިންމާދާރު ކުރުވުމުގެ ބޭނުމުގައި އެ ޕާޓީއިން ބާއްވަމުންދާ ޖަލްސާތަކެކެވެ.

ނަމަވެސް، ސަރުކާރުގެ ވެރިން ހިންގަމުންދާ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަތައް ރައްޔިތުންނާއި ހަމައަށް މި ޖަލްސާތައް މެދުވެރިކޮށް ގެނެސްދޭތީ ސަރުކާރުން އަންނަނީ މީޑިއާ ކޮންޓްރޯލް ބިލު ބޭނުންކޮށްގެން ރާއްޖޭގެ މީޑިއާތަކަށް މިފަދަ ނުހައްގު ފިޔަވަޅުތައް އަޅަމުންނެވެ.

ސަރުކާރު ޒިންމާދާރު ކުރުވުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ހައްގަކަށް ވާއިރު ސަރުކާރުން އަޑީގައި ތިބެގެން މިނިވަން މީޑިއާ ނެތިކޮށްލުމަށް މަސައްކަތް ކުރުމަކީ މުއިއްޒުގެ އާރާއި ބާރު ހުރިހާ ދިމާލެއްގައި ގާއިމުކޮށް ދިވެހި ގައުމުގައި ޑިކްޓޭޓަރޝިޕް ވެރިކަމެއް ހިންގުމަށް މުއިއްޒު ބޭނުންވާ ކަމުގެ ނިޝާނެއް ކަން ހާމަވެއެވެ.

މިރޭ 02 ގަޑި އިރަށް ޗެނަލް 13 ގެ ބްރޮޑްކާސްޓިންގ ޚިދުމަތް މެދުކަނޑާލަން ނިންމާފައިވާއިރު މާދަމާ ބަންދުކުރާނީ ކޮން ޗެނަލްއެއް ނުވަތަ ޖަލަށްލާނީ ކޮން ނޫސްވެރިއެއްކަމެއް ނޭގޭ ހާލަތަށް ސަރުކާރުގެ ލެވެލް ވަނީ ވެއްޓިފައެވެ

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved