theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މުއިއްޒު / ވަގުތު.އެމްވީ
ސިޔާސީ
ބިލު ފާސްވެގެން ދާއިރު އެންމެ ބޮޑު ގޮޅިއަކަށް ފެތެނީ މުއިއްޒު: މަލީހު
Mariyam Isaadha
މަރިޔަމް އިސާދާ
17 ސެޕްޓެމްބަރު 2025
މާލެ ސިޓީ

މިނިވަން މީޑިޔާ ނެތިކޮށްލަން ސަރުކާރުން ގެނައި ބިކެއް ފާސްކުރިއިރު އެންމެ ބޮޑު ގޮޅިއަކަށް ފެތޭނީ ރައީސް ޑރ މުހައްމަދު މުއިއްޒު ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިފަދައިން ވިދާޅުވީ، އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މަލީހު ވިދާޅުވީ މި ބިލަކީ ދޮގު މައުލޫމާތާ ޚަބަރު ފެތުރުން ހުއްޓުވަން ކަމަށް ބުނެ ގެނައި ބިލަކަށްވާއިރު އެންމެ ގިނަ ދޮގު މި ސަރުކާގައި ރައްޔިތުންނަށް ހެދީ ރައީސް މުއިއްޒު ކަމަށެވެ. އެގޮތުން އެކި އެކި ވައުދުތަކުގެ ނަމުގައި މާސިންގާ ދޮގު ރައީސް މުއިއްޒު ހައްދަވާފައިވާކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.

މަލީހު އިތުރަށް ވިދާޅުވީ ރައީސް އޮފީހުގެ ވެބްސައިޓުން ރައީސް މުއިއްޒު ހަދާފައި ހުރި ދޮގުތައް ފެންނަން ހުންނާނެ ކަމަށާ އެގޮތުން ރަސްމާލޭގެ ވައުދާ، ބިއްލޫރި ޓަނަލްގެ ވައުދުތައް ފަދަ ވައުދު ރައީސް މުއިއްޒު ދިވެހި ރައްޔިތުންނަށް ވެވަޑައިގެންނެވި ނަމަވެސް އެ ވައުދުތައް ނުފުއްދާ ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ އެހެންކަމުން ދޮގު ޚަބަރު ހުއްޓުވަން ކަމަށް ބުނެ ބިލެއް ފާސްކުރުމުން ރައީސް މުއިއްޒުއަށް ވާ ގެއްލުން މާ ބޮޑުވާނެ ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒުގެ ސަރުކާރުގެ ވައްކަމާ ކޮރަޕްޝަންގެ ވާހަކަ ނޫސްތަކުގައި ގެންނަ މިންވަރު އިތުރުވެ ސަރުކާރަސް އެކަން ހަޖަމް ނުވެ ވަނީ މިނިވަން މީޑިޔާ ނެތިކޮށްލަން ބިލެއް ފާސްކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved