
ރާއްޖޭގެ އިގްތިސޯދު އޮތީ ދެވަނަ ބޮޑު ހަނގުރާމައިގެ ހާލަތުގައި ކަމަށް ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ ފިޗު ރޭޓިން ރަގަޅުވެ އިގްތިސޯދުވެސް ރަގަޅުވެއްޖެ ކަމަށް ބުނެ އިގްތިސޯދީ ވަޒީރާ ސަރުކާރު ވެރިން އަދި ޕީއެންއެފްގެ އެކްޓިވިސްޓުން ބުނަމުންދާއިރު، ހަގީގަތަކީ މިއަދު ރައްޔިތުން ތިބީ ނިކަމެތި ހާލުގައި ކަަމެވެ.
އެގޮތުން ފިހާރަތަކުގެ ހަރުން މުދާ ހުސްވެ އިންފްލޭޝަން އިންތިހާއަށް އުފުލިފައިވާ ކަން ވެސް މަލީހު ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން މިއަދު ބީއެމްއެލްގެ ރުފިޔާ ޑެބިޓު ކާޑު ލިމިޓުއާ އެކު އެ ކާޑު ވެފައިވަނީ ރައްޔިތުންގެ ޖީބުގައި އޮތް ބޭނުން ނުހިފޭ ޕްލާސްޓިކު ގަނޑަކަށް ކަމަށްވެސް މަލީހު ވަނީ ވިދޅާުވެފައެވެ.
މަލީހު އިތުރަށް ވިދާޅުވީ، ސަރުކާރުން އަދިވެސް މަސައްކަތްކުރަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށެވެ.










