
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އަދިވެސް ޑިވެލޮޕްވަނީ ތޯ އައްސަވާ ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުގެ ސުވާލެއް އަމާޒުކުރައްވައިފިއެވެ.
މަލީހުގެ މި ފަދަ ސުވާލެއް އަމާޒުކުރައްވާފައިވަނީ، ޑިވެލޮޕްމަންޓު ބޭންކު ހުޅުވާ ހިދުމަތް ނުދީ ބޮޑުތަނުން ލަސްވަމުންދާ ދަނޑިވަޅެއްގައި އެކްސްގައި ކުރެއްވި ސުވާލެއްގައެވެ.
މަލީހު ވިދާޅުވެފައިވަނީ، ޑިވެލޮޕްމަންޓު ބޭންކުގެ ނަމުގައި ފެށި ސިޔާސަތެއް ފެއިލްވީތޯ ކަމަށާ ނުވަތަ ތަރައްގީގެ މަގުން ކައްސާލައިގެން ގޮސް ގެއްލިފައިވާ އެޖެންޑާއެއް ތޯ ވެސް މަލީހު ވަނީ އައްސަވާފައެވެ.
މަލީހު ވަނީ ހަގީގަތަކަށް ނުހެދޭނެ ސިޔާސަތުތަކެއް ރައީސް މުހައްމަދު މުއިއްޒު ލައްވާ އުފަންކުރުވާ އެމަނިކުފާނަށް ލަނޑެއް ދިނީ ކާކުކަމާ މެދު ސުވާލު އުފައްދަވާފައެވެ.
މަލީހު ިފަދައިން ވިދާޅުވެފައިވާއިރު، ޑިވެލޮޕްމަންޓު ބޭންކު ވުޖޫދުވުމާ އެކު އެތައ ްފައިދާއެއް އިގްތިސޯދަށް ކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއްވެސް އާމްދަނީއެއް އެކަމުން ނުލިބި ހިނގާފައިވަނީ ހުސް ޚަރަދުކަން ފާހަގަކޮށްލެެވެއެވެ.










