
ރައީސް ޑރ މުހައްމަފު މުއިއްޒަކީ އެއް ގޮތަކަށްވެސް ކަމުދާ ރައީސެއް ނޫން ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަލީހު ވަނީ ގިނަ ކަންކަން ފާހަގަކުރައްވާ އެހުރިހާ ކަމަކުން ވެސް ހާމަވަނީ ރައީސް މުއިއްޒުގެ ދޯހަޅި ކަންކަމަށް ވެސް ވިދާޅުވެފައެވެ.
އެގޮތުން މިހާތަނަށް އައިރުވެސް ސިޔާސީ ގޮތުން މީހުންގެ މައްޗަށް ކުރާ ތަހުގީގުތަކާ ދައުވާތަކަށް ނިމުމެއް ނާންނަ ކަމަށާ ނަމަވެސް އެއީ ވައުދެއްކަން މަލީހު ހަނދާނަށް ގެންނަވާފައިވެއެވެ.
މީގެ އިތުރުން ރައީސް މުއިއްޒަކީ ފިނޑި ރައީސެއްގެ ގޮތުގައި ސިފަކުރައްވާ މަލިހު ވަނީ ރައީސް މުއިއްޒަކީ، އެކަނިވެރި، އަޚުލާގު ދަށް، ރައީސް އޮފީހުގެ ނަމަށް ހުތުރު އެރުވި، މަކަރުވެރި، ދޮގު ހަދާ އޮޅުވާލާ، ބަހާ އަމަލާ ދިމާ ނުވާ އެއްވެސް ކަމެއް ނުވި ރައީސެއް ކަމަށް ވެސް މަލީހު ވިދާޅުވެފައެވެ.
މަލީހު ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވަނީ، އިދިކޮޅު ސިޔާސީ ފަރާތްތައް ފުުލުހަށް ހާޒިރުކުރުމާ ކޯޓުން ދައުވާ ކުރުމާ ކަންކަން މި ސަރުކާރުން ކުރިއަށް ގެންދަމުްނދާ ދަނޑިވަޅެއްގައެވެ.










