
ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ގޮތުގައި ހުންނެވި ޑރ މުހައްމަދު މުއިއްޒު، އެމަނިކުފާނު ވެރިކަމަށް ގެންނަން އެންމެ މަސައްކަތްކުރީ ނޫސްވެރިންނަށް މަލާމާތްކުރައްވާ، ބައެއް ނޫސްވެރިންނަކީ "ގަޓާރ" ބައެއްގެ ގޮތުގައި ސިފަކުރައްވައިފިއެވެ.
ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ހޯމަ ދުވަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުން ފަންޑު ކުރާ ނޫހަކުން، ޕީއެންއެފްގެ ސެނެޓަރ އަހުމަދު ފަޔާޒު ޕާޕާ ދެއްކެވި ވާހަކަތަކެއް ބުނެ ތަފްސީލުކޮށްދިން ވާހަކަތަކަކަށް އިޝާރާތްކުރައްވާ ރައިސް މުއިއްޒު ވަނީ ރުންކުރު ކަމާ އެކު ނޫސްވެރިންނަށް "ރޯޅި" ބާލާފައެވެ.
ޕާޕާ ދެއްކެވި ވާހަކަތައް ކަމަށް ބުނާ ވާހަކަތައް ދޮގުކުރައްވާ ވަރަށް ދެސްޕަރޭޓު ވެވަޑައިގެން ކޯފާ އިސްކުރައްވާ ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، ބައެއް ނޫސްވެރިންނަކީ ނޫސްވެރިކަމުގެ ލޭބަލް އަޅުވައިގެން އުޅޭ ބައެއް ކަމަށާ ހަގީގަތުގައި އެއީ ސިޔާސީ އެކްޓީވިސްޓުން ކަމަށެވެ.
އިދިކޮޅުގެ ޚަބަރުތައް ކެރީ ކުރާ ނޫސްވެރިން ވަކި ގޮތަކަށް ލޭބަލް ކުރައްވާ ރައިސް މުއިއްޒު ވަނީ، އެމަނިކުފާނުގެ ނުރަސްމީ ދަތުރުފުޅުގެ ވާހަކއާ މަޖިލިސް ނައިބުކަމުން އިސްތިއުފާދިން އަހުމަދު ނާޒިމްއާ ގުޅުވާ ވާހަކަ ދެއްކެވި ޕާޕާއަކީ ރަސޫލު ޒަމާނުގައި ވާހަކަ ކިޔާ އުޅުނު މީހާގެ ގޮތުގައި ވެސް ސިފަކުއްވާފައެވެ.
ރައީސް މުއިއްޒު ނޫސްވެރިންނާ މެދު މިހާ ކޯފާ އިސްކުރައްވާ، ރައީސް ތަކުރާރު ކޮށް ނޫސްވެރިންނަށް މަލާމާތް ކުރައްވައިފާވާއިރު، އެމަނިކުފާނު ވަނީ މީގެ ކުރިންވެސް ނޫސްވެރިންނަކީ "ގޮސިޕު" ކުރާ ބައެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ނޫސްވެރިންނާ ގޮން ޖަހާ މީގެ ކުރިންވެސް ވެރިން ކުރި މަސައްކަތުގެ ނަތީޖާ ކޮންމެ ވެރިއަކާ ވެސް ބައްދަލުކޮށްފައިވަނީ ހިތިކޮށް ކަމަށްވާއިރު. ރައީސް މުއިއްޒު މިހާރު ނޫސްވެރިންނާ "ލެނޑި" ގަނެގެން އުޅުއްުމަކީ ވެރިކަމުގައި ސިއްކަ ޖެހުމުގެ މަގު ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ.
ރައީސް މުއިއްޒުގެ މި ސަރުކާރުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވާ ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ދިވެހިރާއްޖެ ވަނީ 4 ދަރަޖަ ފަހަތަށް ސޮއްސާލާފަ އެވެ.










