May 18, 2026
Advertisement
ރައީސް މުއިއްޒުގެ ޕްރެސް ކޮންފަރެންސް ކުއްލި ގޮތަކަށް ކެންސަލް ކޮށްފި
ރައީސް މުއިއްޒުގެ ޕްރެސް ކޮންފަރެންސް ކުއްލި ގޮތަކަށް ކެންސަލް ކޮށްފި / ރައީސް އޮފީސް

ރައީސް މުއިއްޒުގެ ޕްރެސް ކޮންފަރެންސް ކުއްލި ގޮތަކަށް ކެންސަލް ކޮށްފި

May 18, 2026, 09:52 AM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ އާންމުކޮށް ކޮންމެ ހޮނިހިރު ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ސިލްސިލާގެ ތެރެއިން މިއަދު ބާއްވަން ހަމަޖެހިފައި އޮތް ބައްދަލުވުން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ.

Advertisement

ރައީސް އޮފީހުގެ މީޑިޔަ ގްރޫޕަށް ހެނދުނު 8:35 ގައި އެ އޮފީހުން ފޮނުވި މެސެޖުގައި ބުނެފައިވަނީ މިއަދުގެ ޕްރެސް ކޮންފަރެންސް ކެންސަލްކުރި ކަމަށެވެ. ސަބަބެއް ހާމަކޮށްފައި ނުވެއެވެ. ނަމަވެސް ބައެއް މީޑިޔާތަކުގައި އިސްތަރުޖަމާނާ ހަވާލާދީ ބުނެފައިވާ ގޮތުގައި މިއަދުގެ ޕްރެސް ކެންސަލް ކުރީ ރައީސްގެ މަސައްކަތް ހުރި ގޮތުން ކަމަށެވެ.

އިސްތަރުޖަމާނު މިފަދައިން ވިދާޅުވި ނަމަވެސް، ކޮންމެ ހޯމަ ދުވަހެއް 10:00 އިން 11:00 އަށް ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރުމަކީ ތާވަލުކުރެވިފައިވާ ކަމެކެވެ. ސަރުކާރު ބަންދު ނަމަ ނުވަތަ އެމަނުފާނު ރަށުގައި ހާޒިރުވެ ހުންނަވާ ނަމަ ޕްރެސް ކޮންމެ ހޯމަ ދުވަހެއްގައި ބާއްވަން އޮންނަނީ ނިންމާފައެވެ.

ކުރިންވެސް ބާއްވަމުން ގެންދިޔަ، ނޫސްވެރިންގެ ބައްދަލުވުންތައް މިދިޔަ މަހު މެދުކެނޑުމުން ރައީސް އޮފީހުގެ އޭރުގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެފައިވަނީ، ރައީސްގެ ޝެޑިއުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު ކޮންމެ ހޯމަ ދުވަހެއްގައި އެ މަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ނޫސްވެރިންގެ ބައްދަލުވުން ބާއްވަމުން ގެންދާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved