theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ތޭރަގްރެފިކްސް
ހަބަރު
މުއިއްޒުގެ ނުރުހުން ނޫސްވެރިންނާއި ނޫސްވެރިންގެ ޖަމްއިއްޔާތަކަށް!
Aiminath Zawjah
އައިމިނަތް ޒަޢުޖާ
20 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ނުރުހުން ނޫސްވެރިންނާއި ނޫސްވެރިންގެ ޖަމްއިއްޔާތަކަށް އަމާޒުކޮށްފިއެވެ.

މުއިއްޒު ވ އަތޮޅަށް މިހާރު ކުރަމުންދާ ދަތުރުފުޅުގައި ފެލިދޫ ރައްޔިތުންނާއި ބައްދަލުކޮށް ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނާ ދިމާވާ ނޫސްވެރިން އަލަށް އަމަލުކުރަން ފެށި މިނިވަން ނޫސްވެރިކަމާއި ހިޔާލުގައި ތަޅު އެޅުވޭ ގޮތަށް އޮތް ގާނޫނު ނުކިޔާ ކަމަށެވެ.

މި ބައްދަލުވުމުގައި ރައީސް މުއިއްޒަށް އެ ރަށުގެ ލާބައާއި މަންފާއަށް ވާހަކަ ދެއްކުމުގެ ބަދަލުގައި ބޮޑަށް އަލިއަޅުވާލެވުނީ މިހާރު ހޫނުވެފައިވާ މިނިވަން ނޫސްވެރިކަމުގެ ބިލާއި ގުޅޭ ގޮތުންނެވެ.

އަޅުގަނޑަކަށް އަދި ދިމަލެއް ނުވޭ އިހަށްދުވަހު މި ތަސްދީގުކުރެވިގެންދިޔަ ގާނޫނު ކީ އެއްވެސް ނޫސްވެރިޔަކާ. އަދި ދިމަލެއް ނުވޭ. ހަމަ އަނެކަކު ބުނި ވާހަކައެއް ގަބޫލުކޮށްލައިގެން މި ދަނީ ކުރިއަށް.

- މުއިއްޒު ރޭ ވިދާޅުވި އެވެ

މީގެ އިތުރުން، މުއިއްޒު ތަކުރާރުކޮށް ވިދާޅުވި އެއް ވާހައަކީ އަލަށް އަމަލުކުރަން ފެށި ގާނޫނުގައި ހަމައެކަނި އޮތީ ދޮގު ހަބަރު ނުލިޔެވޭނެ ވާހަކަ ކަމަށެވެ. އެ ނޫން ވާހަކައެއް ގާނޫނުގައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ. އެކަން ނޫސްވެރިންނަށް ނޭނގެނީ ގާނޫނު ނުކިޔާތީ ކަމަށް ބުނެ މުއިއްޒު ވަނީ ނޫސްވެރިންނަށް ނުރުހުން ފާޅުކޮށް ފާޑުވިދާޅުވެފައެވެ.

ނަމަވެސް ނޫސްވެރިން ރައީސް މުއިއްޒާ ބައްދަލުކުރަން ދިޔަ ދުވަހު އެމަނިކުފާނު ވަނި އެ ދުވަހާ ހަމައަށްވެސް އެމަނިކުފާނު އެ ބިލުގައި އޮތް އެއްޗެއް ނުކިޔާ ކަމަށަ އެހެންކަމުން ބިލުގައި ހުރި ކަންކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ކޮންމެ ތަނަކުން ކޮންމެ ބަޔާނެއް ހުށަހެޅިޔަސް ނިންމުން ބަދަލު ނުކުރާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ ޚިޔާލާއި ފިކުރު ގަބޫލުނުކުރާނެ ކަން ސިފަވާ ގޮތަށް ރައްޔިތުންގެ ކުރިމަތީގައި ވާހަކަދައްކާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved