March 27, 2026
Advertisement
އައްބާސް
އައްބާސް / ސޯޝަލް މީޑިއާ

ބައިވަރު އޭ.ޓީ.އެމް އެއް ހުޅުވިޔަސް އޭގެން ނަގާނެ ފައިސާއެއް ރައްޔިތުން އަތަކު ނެތް:އައްބާސް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 21, 2025, 09:28 PM
މާލެ ސިޓީ

ކިތަންމެ ބައިވަރު އޭ.ޓީ.އެމް އެއް ހުޅުވިޔަސް އޭގެން ނަގާނެ ފައިސާއެއް ރައްޔިތުން އަތަކު ނެތްކަމަށް ނ.ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

Advertisement

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް އަތޮޅުތެރެއަށް ރައީސް މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުތަކުގައި ކޮންމެ ރަށެއްގައި ކަހަލަ ގޮތަކަށް އޭޓީއެމްތައް ހުޅުވަމުން ގެންދާތީ އައްބާސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ގައުމުގެ އިގްތިސާދު ބޮޑު ހީނަރުކަމެއްގެ ތެރޭގައި ވާކަމަށް ޚުދު ސަރުކާރުންވެސް ބުނަމުން އަންނައިރު އިގްތިސާދީ ގޮތުން ގައުމު ކުރިއެރުވުމުގެ ބަދަލުގައި އޭޓީއެމްތައް ހުޅުވުމަކުން ރައްޔިތުންނަށް ފައިދާ ނުކުރާނެ ކަމަށް އައްބާސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އައްބާސް ވިދާޅުވީ ރާއްޖެތެރޭގެ ރައްޔިތުންގެ ހާލަތު ކިޔާދެވޭ ވަރަށްވުރެވެސް ނިކަމެތި ކަމަށާއި ރައްޔިތުންގެ އަރިހަށް ވަޑައިގެން ހަމައެކަނި ވައުދު ވުމަކުން ނުފުދޭ ކަމަށެވެ.

މިއާއި އެކު ރައީސް މުއިއްޒު ހުޅުވާ ދެމުން ގެންދާ އޭޓީއެމްތަކުން ނަގާނެ ފައިސާ ރައްޔިތުންގެ އަތުގައި ނެތް ކަމަށާއި ރައްޔިތުންގެ ހާލަތު ކައިރިން ބައްލަވާ އަމިއްލަފުޅަށް ހުރިހާ ފައިދާއެއް ނުނަންގަވާ ރައްޔިތުންނާއި ގައުމުގެ ފައިދާއަށް މަސައްކަތް ކުރެއްވުމަށް އައްބާސް ވަނީ މުއިއްޒަށް ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved