May 16, 2026
Advertisement
ހައްޤުބަސް ބުނުމާއި ހައްޤައް ވަކާލާތުކުރުމުގައި އެކަކުވެސް ބިރުން ފަހަތަށް ޖެހިގެން ނުވާނެ: އައްބާސް
ހައްޤުބަސް ބުނުމާއި ހައްޤައް ވަކާލާތުކުރުމުގައި އެކަކުވެސް ބިރުން ފަހަތަށް ޖެހިގެން ނުވާނެ: އައްބާސް / ސޯޝަލް މީޑިއާ

ހައްޤުބަސް ބުނުމާއި ހައްޤައް ވަކާލާތުކުރުމުގައި އެކަކުވެސް ބިރުން ފަހަތަށް ޖެހިގެން ނުވާނެ: އައްބާސް

May 13, 2026, 07:01 PM
މާލެ ސިޓީ

ހައްޤުބަސް ބުނުމާއި ހައްޤައް ވަކާލާތުކުރުމުގައި އެކަކުވެސް ބިރުން ފަހަތަށް ޖެހިގެން ނުވާނެ ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

Advertisement

އައްބާސް މިފަދައިން ވިދާޅުވީ، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މިހާރު ފެންނަމުންދަނީ އަނިޔާވެރި ވެރިކަމެއް ކަމަށާ އެ ވެރިކަން ނިމުމަކަށް އަންނާނީ ޤައުމުގެ ހައްޤުގައި ބަޔަކު ނުކުމެ ބޮޑެތި ޤުރުބާނީތަކެއް ވެގެންނެވެ.

ނުބައި، ނުލަފާ، ދޮގުވެރި، މަކަރުވެރި، އަނިޔާވެރިއެއްގެ ކުރިމަތީގައި ރައްޔިތުންގެ ހައްޤައް ވަކާލާތުކޮށް ހައްޤުބަސް ބުނަންޖެހުނު ކޮންމެ މާލަމެއްގައި ހައްޤުބަސް ބުނެގެން ޖަލައް ދާންޖެހުނަސް އެކަމަށް ތައްޔާރުވެ ސާބިތުކަންމަތީ އޭނާ ހުރި ކަމަށްވެސް އައްބާސް ވަނީ ވިދާޅުވެފައެވެ.

އަނިޔާވެރިކަމާއި ދޮގާއި މަކަރުވެރިކަމާ ދެކޮޅަށް ތެދުވުމަކީ މުހިއްމުކަމެއްކަން ފާހަގަކުރައްވާ އައްބާސް ވަނީ، އަނިޔާވެރިކަން ނިންމުމަށް ހައްޤުބަސް ބުނުމާއި ހައްޤައް ވަކާލާތުކުރުމުގައި އެކަކުވެސް ބިރުން ފަހަތަށް ޖެހިގެން ނުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

އައްބާސް މިފަދައިން ވިދާޅުވެފައި މިވަނީ، މި ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަނެފައިވާ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved