May 26, 2026
Advertisement
ނުބައި، ނުލަފާ، ދޮގުވެރި، މަކަރުވެރި ވެރިއެއްގެ ނިމުން ވަރަށް ހިތިވާނެ: އައްބާސް
ނުބައި، ނުލަފާ، ދޮގުވެރި، މަކަރުވެރި ވެރިއެއްގެ ނިމުން ވަރަށް ހިތިވާނެ: އައްބާސް / -

ނުބައި، ނުލަފާ، ދޮގުވެރި، މަކަރުވެރި ވެރިއެއްގެ ނިމުން ވަރަށް ހިތިވާނެ: އައްބާސް

May 25, 2026, 05:55 PM
މާލެ ސިޓީ

 ނުބައި، ނުލަފާ، ދޮގުވެރި، މަކަރުވެރި ވެރިއެއްގެ ނިމުން ވަރަށް ހިތިވާނެ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވަނީ ކާކަށް ނިސްބަތްކޮށްކަން ސީދާ ވިދާނުވެ ބަހުގެ ހަމަލާތކެއް ދެއްވާފައެވެ.

އެގޮތުން "އޭނަ" އިސްވެ ހުރެ ބަޔަކު މީހުން ޖަލަށް ލާފައި މާދަމާ އޭނަ ޖަލުގެ ތެރެއިން ސަލާމަތެއް ނުވެވޭނެ ކަމަށް ވިދާޅުވެ އައްބާސް ވަނީ މި ފަހަކަށް އައިސް ރައްޔިތުންގެ ޚިޔާލުފާޅުކުރުމަށް ހުރަސް އަޅާ ޖަލަށް ލަމުންދާ ދިއުމަށް އިޝާރާތްކުރައްވާފައެވެ.

އެގޮތުން އައްބާސް ވަނީ އަނެއްކާވެސް، "އޭނަ" އާ އިންސާފު އަރާ ހަމަކުރާނެ ކަމާ އެދުވަހު "އޭނަ"އަށް ފިލާ ނޯވެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ. ހަމަ އެހެންމެ "އޭނަ" އިސްވެ ހުރެ ރައްޔިތުންގެ ތިޖޫރީން ކުރި ވައްކަންތަކާއި، "އޭނަ" އަންގައިގެން ރައްޔިތުންގެ ކުންފުނިތަކުގެ ވެރިން ލައްވާ ވަގަށް ފައިސާ ނަގައިގެން "އޭނަ"ގެ ޓީވީ އާ "އޭނާ"ގެ ޕާޓީއަށް ހަރަދު ކުރި ފައިސާތަކުގެ މައްސަލަތައް ތަހުގީގުކޮށް "އޭނަ" ޖަލުގެ ތޭރިތަކުގެ ތެރެއަށް ކޮށްޕާ ނުލާނެ ހަމަ އެެއްގޮތެއްވެސް ނޯންނާނެ ކަމަށްވެސް އައްބާސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން "އޭނަ" ބުނެގެން ވައްކަން ކުރި ވެރިންނާ ހަރާމް ހުކުން ޖެހި ގާޒީންގެ މައްސަލަ ބަލާ ޖަލުގެ ތޭރިތަކުގެ ތެރެއަށް ލެވިގެންދާނެ ކަމަށް ވެސް އައްބާސްގެ ޕޯސްޓު ނިންމާލަމުން ވިދާޅުވެފައެވެ.

ނަމަވެސް އައްބާސް އެ އިޝާރާތްކުރައްވާ "އޭނަ"އަކީ ސިދާ ކޮން ބޭފުޅެއްކަން ހާމަކުރައްވާފައިނުވެއެވެ. ބެލެވޭ ގޮތުގައި އެ އިޝާރާތްކުރައްވަނީ ރައީސް މުހައްމަދު މުއިއްޒަށެވެ.  

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved