April 3, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އިނގިރޭސިވިލާތުން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގެންފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 22, 2025, 02:47 AM
މާލެ ސިޓީ

އިނގިރޭސިވިލާތުން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގެންފިއެވެ.

Advertisement

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ ވިދާޅުވީ ފަލަސްތީނާއި ސަހްޔޫނީންގެ ހަނގުރާމައަށް ހައްލު ހޯދައިދޭން ކުރާ މަސައްކަތުގައި މިއަދު އިނގިރޭސިވިލާތުން ފަލަސްތީނުގެ ދައުލަތް ބަލައިގެންފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުން އެ ތާރީހީ ނިންމުމުން ނިންމީ ޣައްޒާގެ ހާލަތު އިތުރަށް ގޯސްވެ، ހުޅަނގު އައްސޭރީގައި ސަހްޔޫނީން ގަވާއިދާ ހިލާފަށް ވަޒަންވެރިވާ ތަންތަން ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

ޖުލައި މަހު އެގައުމުގެ ބޮޑުވަޒީރު ކިއާ ސްޓާމާ ވަނީ ޣައްޒާގެ ހާލަތަށް ބަދަލެއް ނާންނަނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް ވައުދުވެވަޑައިގެން ސަހްޔޫނީންނާއި ފަލަސްތީނަށް ސުލްހަވެރި މުސްތަގުބަލަކަށް ތާއީދު ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެކަން އިއުލާނުކޮށްފައި ވަނީ މި މަހު އޮންނަ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި އިތުރު 10 ގައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމާފައި ވަނިކޮށެވެ.

އދ.ގެ އާންމު މަޖިލީހުގައި، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައިވާ ހުޅަނގުގެ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ އިތުރުން ކެނެޑާ އޮސްޓްރޭލިއާ އަދި ފްރާންސް ހިމެނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved