March 25, 2026
Advertisement
-
- / އަލްޖަޒީރާ

އިރާން އިން އާ މިސައިލްއެއް ޓެސްޓްކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 22, 2025, 06:57 PM
މާލެ ސިޓީ

އިރާންއިން އާ މިސައިލް އެއް ޓެސްޓްކޮށްފައިވާ ކަމަށް އެ ގައުމުން ހާމަކޮށްފިއެވެ.

Advertisement

މިއީ މިސައިލްގެ އާ ޒަމާނަކަށް ގެނެވުނު އިންގިލާބެއް ކަމަށް އިރާނުގެ މަޖިލިސް މެންބަރު މޮހޮސިންޒެންގަނީ ޚާލދު ވަނީ ވިދާޅުވެފައެވެ.

ޚާލިދު ވިދާޅުވި ގޮތުގައި އީރާނުން ވަނީ ކާމިޔާބު ކަމާއިއެކު އިންޓަ ކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ޓެސްޓް ކޮށްފައެވެ. އަދި މި މިސައިލުން ޔޫރަޕާއި އެމެރިކާގެ ކޮންމެ ތަނަކަށްވެސް ހަމަލާދިނުމުގެ ގާބިލުކަން ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ.

މި މިސައިލް ޓެސްޓް ކުރުމަށް ފޮނުވާލާފައިވަނީ އިރާނުގެ ސެމްނަން ބޭސް އިންކަމަށް އިރާނުގެ އަސްކަރިއްޔާގެ މަސްދަރުތަކުން ބުނެއެވެ. މި މިސައިލް ޓެސްޓް ކުރުމަށް ފޮނުވާލުމާއެކު އާދަޔާ ޚިލާފު ގޮތަކަށް ދާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެފައިވެއެވެ.

އިރާނުން ބުނެފައިވަނީ އެމެރިކާ އާއި ހުޅަނގު ގައުމުތަކުން ކުރާ އެއްވެސް އަމުރަކަށް ބޯނުލަނބާނެ ކަމަށާއި އިރާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ ކުރާ އެއްވެސް ކަމެއް ހުއްޓާނުލާނެ ކަމަށެވެ.

އެމެރިކާއާއި އެމެރިކާގެ ބައިވެރިން އިންޒާރުދީ ދަތިކުރުމުގެ ފިޔަވަޅުތަކުން ވަށާލިއަސް މިސައިލް ޕްރޮގްރާމާއި ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާނުލާނެ ކަމަށްވެސް އިރާނުން ބުނެފައިވެއެވެ.

އިރާނުން މިހާރު އަންނަނީ މިސައިލް ޕްރޮގްރާމާއި ނިއުކްލިއަރ ޕްރޮގްރާމް ވަރަށް ބޮޑަށް ވަރުގަދަކޮށް ތަފާތު ތަހުލީލުތަކާއި އެކި ކަހަލަ ބޮޑެތި ޓެސްޓްތައް ކުރަމުންކަން ފާހަގަވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved