May 1, 2026
Advertisement
ގަވާއިދާ ޚިލާފުވެގެން ކަމަށް ބުނެ ރާއްޖޭގެ ރައީސް އޮފީހުގެ ޔޫޓިއުބު ޗެނަލް ރިމޫވްކޮށްފި
ގަވާއިދާ ޚިލާފުވެގެން ކަމަށް ބުނެ ރާއްޖޭގެ ރައީސް އޮފީހުގެ ޔޫޓިއުބު ޗެނަލް ރިމޫވްކޮށްފި / ސޯޝަލް މީޑިއާ

ގަވާއިދާ ޚިލާފުވެގެން ކަމަށް ބުނެ ރާއްޖޭގެ ރައީސް އޮފީހުގެ ޔޫޓިއުބު ޗެނަލް ރިމޫވްކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Sep 23, 2025, 08:07 PM
މާލެ ސިޓީ

ގަވާއިދާ ޚިލާފުވެގެން ކަމަށް ބުނެ ރާއްޖޭގެ ރައީސް އޮފީހުގެ ޔޫޓިއުބު ޗެނަލް ރިމޫވްކޮށްފިއެވެެ.

Advertisement

މީގެ ގަޑިއިރުތަކެއް ކުރިން ހިނގި މި ކަމުގައި ރައީސް މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ވީޑިއޯތައް ގެންނަމުން ދަނިކޮށް، ރައީސް އޮފިހުގެ ޔޫޓިއުބު ޗެނަލް ހެކުކޮށްފައިވާ ކަން ވެސް ހާމަވެފައިވެއެވެ. އެގޮތުން އެ ޗެނެލް ހެކްކޮށް އާންމުކުރީ ކްރިޕްޓޯ ކަރަންސީ އާއި ޓްރޭޑް ކުރުމާ ގުޅޭ ވީޑިއޯ ތަކެކެވެ. އެ ވީޑިއޯތައް ފެންނަ ސްކްރީން ޝޮޓުތަކެއް ބައެއް މީހުން ވަނީ ނަގައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްޕީޗުތައް ހިމެނޭހެން އެތައް އަހަރެއްގެ ވީޑިއޯ ހިމެނޭ ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް އެ ޕްލެޓްފޯމުގައި މިހާރު ފެންނާކަށް ވެސް ނެތެވެ. އެގޮތުން އެ ލިންކަށް ވަނުމުން އަރަނީ މިހާރު އެ ޗެނަލް "އެވެއިލަބަލް" ނޫން ކަމަށެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ އިސް ބޭފުޅުންނާ ހަވާލާދީ ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކަން ދިމާވި ސަބަބު ދެނެގަތުމަށް ސައިބާ ސެކިއުރިޓީ އާއި ބެހޭ ބޭފުޅުން ބަލަމުންދާ ކަމަށެވެ. މިކަން ދިމާވި ސަބަބެއް އެނގޭނީ އެބޭފުޅުންގެ މަސައްކަތް ނިމުމުން ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

ރައީސް އޮފީހުގެ ޔޫޓިއުބް ހެކްކުރި ނަމަވެސް އެހެން ސޯޝަލް މީޑިއާ އެކައުންޓްތައް އެބަ ހިންގަމުން ދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved