February 26, 2026
Advertisement
.
. / ތޭރަ އޮންލައިން

"ރައްޔިތުންނާއެކު" ފްލޮޕްވުމުން "ތަރުޖަމާނާއެކު"، މިއީ ޕޮޑްކާސްޓު ޖައްސާ ސަރުކާރެއް!

Yana Shareef
ޔާނާ ޝަރީފް
Jan 4, 2026, 07:42 AM

ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކަމަށްބުނެ ރައީސް އޮފީހުން ފެށި "ރައްޔިތުންނާއެކު" ޕޮޑްކާސްޓު ފްލޮޕްވުމުން، "ތަރުޖަމާނާއެކު" ނަމުގައި އައު ޕޮޑްކާސްޓެއް ފަށައިފިއެވެ.

Advertisement

ހޮނިހިރު ދުވަހު ފެށި މި ޕޮޑްކާސްޓުގެ ހޯސްޓަކީ ރައީސް މުއިއްޒުގެ ތަރުޖަމާނު ހީނާ ވަލީދުއެވެ. ފުރަތަމަ އެޕިސޯޑު މިހާރު ރައީސް އޮފީހުގެ ޔޫޓިޔުބުން ބެލޭއިރު، އެޕިސޯޑުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި އިންނެވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއެވެ.

އެގޮތުން އެ އެޕިސޯޑުގައި ސައީދު ވަނީ ކުދި، އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ފަހި ދުވަސްތަކެއް އަންނާނެކަަމަށް ބުނެފައެވެ. މި ސަރުކާރުން ވިޔަފާރިވެރިންނަށް ހަދަނީ ބޭނުން އެއްޗެއްކަމަށް ބުނެ މި އެޕިސޯޑު އެކްސްގައި ހިއްސާކޮށް ގިނަބަޔަކު އަންނަނީ ފާޑުވެސް ކިޔަމުންނެވެ.

މޮޅެތި ނަން ހަދައިގެން ޕޮޑްކާސްޓު ރިލީޒްކުރާއިރު މިއީ ސިއްރު ސަރުކާރެކެވެ. އެގޮތުން ނޫސްވެރިންނާ ރައީސް މުއިއްޒު ފިއްލަވައިގެން އުޅޭކަމުގެ ޝަކުވާ އަބަދުވެސް ނޫސްވެރިން ކުރެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދަކީ ވެސް ނަމެއްގައި ހުންނެވި ތަރުޖަމާނެކެވެ. ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބު ނުދެއްވާތާ، ނޫސްވެރިން ގުޅީމަ ފޯނުވެސް ނުނަންގަވައެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ހީނާ އަކީ ފެއިލްވެފައިވާ ތަރުޖަމާނެކެވެ. ބޮޑު ޒިންމާއަކާ ހަވާލުވެ ހުރެ ޒިންމާ އަދާނުކުރާ މީހަކު "ތަރުޖަމާނާއެކު" ނަމުގައި ޕޮޑްކާސްޓު ހަދައިގެން ހާވަނީ ހަޑިއެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved