theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
. / ރައީސް އޮފިސް
ސިޔާސީ
ޝަކީބުއަށް ރައީސް އޮފީހުން 31،000ރ. ގެ އެލަވަންސްއެއް ދޭކަމުގެ އަޑުތަކެއް!
Yana Shareef
ޔާނާ ޝަރީފް
08 ޖެނުއަރީ 2026

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަކީބަށް ރައީސް އޮފީހުން 31،000ރ.ގެ އެލަވަންސްއެއް ދޭކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން ޝަކީބަށް ލިބޭ މުސާރައިގެ އިތުރުން ޕީއެސްއެމް އިން އޭނާއަށް ދޭ އެލަވަންސްއާއެކު މުސާރައިގެ ގޮތުގައި ކޮންމެ މަހަކު 70،000ރ. ލިބިވަޑައިގަންނަވަ އެވެ.

މިފަދަ އެލަވަންސްއެއް ދިނުމަކީ ޕީއެސްއެމްގެ ގާނޫނާ ހިލާފުކަމެކެވެ. އެގޮތުން މިއީ ގާނޫނާ ހިލާފު ކަމެއްކަން ޕީއެސްއެމްގެ ގާނޫނުގެ ހަ ވަނަ މާއްދާގައި ބުނެފައިވެއެވެ.

ޕީއެސްއެމްގެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޕަބްލިކް ސާވިސް މީޑިއާއަކީ ނުފޫޒުން އެއްކިބާވެފައިވާ، އެޑިޓޯރިއަލް މިނިވަންކަން ފުރިހަމައަށް ލިބިފައިވާ މުއައްސަސާއެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ފަރާތަކުންވެސް މަސައްކަތްކުރަންވާނެ ކަމަށެވެ.

އެ މާއްދާގެ (ށ) ގައި ވަނީ ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫން ގޮތަކުންވެސް ބާރެއް ނުވަތަ ހައިސިއްޔަތެއް ލިބިފައިވާ އެއްވެސް ފަރާތަކުން، ޕަބްލިކް ސާވިސް މީޑިއާގެ މައްޗަށް ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް ނުފޫޒު ފޯރުވަން މަސައްކަތްކޮށްގެން ނުވާނެ ކަމަށެވެ.

އެ މާއްދާގެ (ނ) ގައި ވަނީ ޕަބްލިކް ސާވިސް މީޑިއާގެ ވަކި މުވައްޒަފެއްގެ މަސައްކަތުގެ މައްޗަކަށްވެސް، ނުވަތަ ޕަބްލިކް ސާވިސް މީޑިއާގެ ވަކި މަސައްކަތެއް ނުވަތަ ވަކި ހަރަކާތެއްގެ މައްޗަކަށްވެސް މި ގާނޫނުގައި ބަޔާންވެގެންވާ ހަމަތަކާއި އުސޫލުތަކުގެ ބޭރުން އެއްވެސް ފަރާތަކުން ނުފޫޒެއް ފޯރުވައި، އަމުރެއްކޮށް، ނުވަތަ ފިޔަވަޅެއް އަޅައިގެން ނުވާނެ ކަމަށެވެ.

އެ މާއްދާގެ (ރ) ގައި ވަނީ ވަކި ފަރާތެއްގެ ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫންވެސް ޒާތީ މަސްލަހަތެއް ހިމާޔަތްކުރުމަށްޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެފައިވާ އަމަލެއް ޕަބްލިކް ސާވިސް މީޑިއާއިން ހިންގައިގެން ނުވާނެ ކަމަށެވެ.

މި ސަރުކާރުގައި ޕީއެސްއެމް ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ޕްރޮމޯޓުކުރާ ޗެނެލަަކަށް ހަދާފައެވެ. ޕީއެސްއެމް އިން ކަވަރުކުރަނީ ހަމައެކަނި ސަރުކާރު ޚަބަރުތަކެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެސް ސަރުކާރު ކުންފުންޏެއްގެ އެމްޑީއެއްގެ މުސާރައިގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން މިފަދަ ހާއްސަ އެލަވަންސެއް އިތުރުކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް މިކަން ސަރުކާރުން، އަދި ޕީއެސްއެމްއިން ވެސް ޕީސީބީން ވެސް ހާމައެއް ނުކުރެއެވެ. މިކމާ ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމު ޚަލީލުއާ ސުވާލުކުރުމުން ވިދާޅުވެފައިވަނީ އެއީ "ބޮޑު" ދޮގެއް ކަމަށެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved