theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
.. / ރައީސް އޮފިސް
ހަބަރު
ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނައެއް އަރުވައިފި
Yana Shareef
ޔާނާ ޝަރީފް
03 ނޮވެމްބަރު 2025

ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނައެއް އަރުވައިފިއެވެ.

ނަޞްރުގެ ދުވަސް ފާހަގަކުރުމަށް، ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އަދި ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނަ އެރުވީ ރައީސް މުހައްމަދު މުއިއްޒެވެ.

ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ 8 ބޭފުޅުންނެވެ. އަދި ޢާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.

ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި ބޭފުޅުން؛

ޝަހީދު ސާރޖަންޓް ކުޑައާދަމް ކުޑަތުއްތު

ޝަހީދު ލެފްޓިނެންޓް ކުޑަނެވި ތުއްތު މަނިކު

ޝަހީދު ކޯޕްރަލް ޙުސައިން މުޙައްމަދު

ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމް

ޝަހީދު ސާޖަންޓް އާދަމް ނަޞީރު

ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރު

ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަން

ޝަހީދު ކޯޕްރަލް ޙުސައިން އާދަމް

ޝަހީދު އިސްމާޢީލް ޙަލީމް

ޝަހީދު އިބްރާހީމް ޙަމީޒު

ޝަހީދު ޢުމަރު އަހްމަދު

ޝަހީދު އަޙްމަދު ލަބީބު

ޝަހީދު އިބްރާހީމް ޙުސައިން

ޝަހީދު ޢަބްދުއްޞައްތާރު އާދަމް

ޝަހީދު ޢަބްދުއްރަޙްމާން އާދަމް

ޝަހީދު އަޙްމަދު ރަޝީދު

ޝަހީދު ޙަސަން ޒަރީރު

ޝަހީދު ޖަވާދު ޢުމަރު

ޝަހީދު ޙުސައިން ޢަބްދުއްރަޙްމާން ( ދޮންމަނިކު )

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި، 1988 ނޮވެންބަރު 3 ވަނަ ދުވަހު ކުރިމަތިވި ޢުދުވާނީ ހަމަލާ ފެށިގެންއައިވަގުތު ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ހިތްވަރާއި، ދުޝްމަނުން ދިން ހަމަލާތަކުގައި އެންމެ ފުރަތަމަ ޝަހީދުވި ގދ. ތިނަދޫ، އަރިނަގާގޭ ޝަހީދު ކޯޕްރަލް ޢަބްދުﷲ އަށް ޚާއްޞަކުރެވިފައިވާ ވީޑިއޯ ކްލިޕެއްގެ އިތުރުން އެކިއެކި ޑިއުޓީތަކުގައި އުޅުއްވަނިކޮށް ޝަހީދުވި ސިފައިންގެ ބޭކަލުންނަށް ޚާއްޞަކުރެވިފައިވާ ހުށަހެޅުމެއް ވަނީ ދައްކާލާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved