March 19, 2026
Advertisement
،
، / ސޯޝަލް މީޑިއާ

ސަރުކާރަށް އީއީޒެޑްއާއި އެސްއީޒެޑް އޮޅިއްޖެ: މަލީހް

Yana Shareef
ޔާނާ ޝަރީފް
Jan 28, 2026, 06:37 PM

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެކްސްކްލޫސިވް އިކޮނޮމިކް ޒޯނާ ސްޕެޝަލް އިކޮނޮމިކް ޒޯނު އޮތީ އޮޅިފައިކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ ރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯނުގައި ހިންގިދާނެ އިގްތިޞާދީ މަސައްކަތްތަކާއި އެއިން ޒޯނެއްގައި ހިމެނޭ އިންވެސްޓްމަންޓްގެ އެންމެ ކުޑަ މިންގަނޑު ރައީސް މުއިއްޒު ކަނޑައެޅުއްވުމާއި ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވީ ސަރުކާރަށް އީއީޒެޑް އާއި އެސްއީޒެޑް ވަރަށް ބޮޑަށް އޮޅިފައިވާކަމަށެވެ.

ރާއްޖޭގައި ގާއިމުކުރާ އެސްއީޒެޑް ތެޔޮ ނަގާ ފަރުކޮނެގެން މައުދަން ނަގާކަށް ބޭރުގެ ފަރާތްތަކަށް ޖާގަ ނުދެވޭނެކަމަށް މަލީހު ވިދާޅުވިއެވެ.

ތެލާއި މައުދަނު ހޯދަން ޖެހޭނީ 200 މޭލު ބޭރުން އީއީޒެޑްއިންކަމަށް ވެސް މަލީހު ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގައި ހިންގިދާނެ އިގްތިސާދީ މަސައްކަތްތަކަކީ ކޮބައިކަމާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑަކީ ކޮބައިކަން، ބޯޑް އޮފް އިންވެސްޓްމަންޓްސްގެ މަޝްވަރާގެ މަތީން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން، އަހަރަކު އެއްފަހަރު ކަނޑައަޅައި އިޢުލާނު ކުރަންވާނެ ކަމަށް ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު ގެ 22 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ކަނޑައަޅާ ކޮންމެ ކަނޑައެޅުމެއް، ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ ކުރިން މުރާޖަޢާކޮށް، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އަލުން ކަނޑައަޅައި އިޢުލާނު ކުރަންވާނެ ކަމަށް، އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved