April 17, 2026
Advertisement
ބޮމުގެ ހަމަލާއަކަށް ފަހު ނަގާފައިވާ ފޮޓޮއެއް
ބޮމުގެ ހަމަލާއަކަށް ފަހު ނަގާފައިވާ ފޮޓޮއެއް / ސޯޝަލް މީޑިއާ

ޖަނަވާރުގެ ކާނާ ކައިގެން ޣައްޒާގައި 2 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

Aishath Naja
އައިޝަތު ނަޖާ
Feb 28, 2024, 05:31 PM
މާލެ ސިޓީ

ޣައްޒާގެ އުތުރުގައި ޖަނަވާރަށް ކާންދޭ ކާނާ ބޭނުން ކޮށްގެން ހަދާފައިވާ ޕާން ކައިގެން ޣައްޒާގެ ދެ އަހަރުގެ ކުޑަ ކުއްޖަކު ނިޔާވެއްޖެއެވެ.

Advertisement

ޚާލިދު ކިޔާ އެ ތުއްތު ކުއްޖާގެ އިތުރުން އެހެން ކުދިންވެސް އެ ޕާން ކައިފައިވާ ކަމަށް އެކުދިންގެ އާއިލާއިން ވަނީ ބުނެފައެވެ.

އިސްރާއީލުން ޣައްޒާގައި ކުރަމުންދާާ ހަނގުރާމައިގެ ސަބަބުން މުޅި ޣައްޒާގައި ވަނީ ބަނޑުހައިހޫނުކަން ފެތުރިފައެވެ.

އަދި ހާއްސަކޮށް އިސްރާއީލުން ސުންނާފަތި ކޮށްލާފައިވާ ޣައްޒާގެ އުތުރުގެ އަދި މެދުތެރޭގެ ސަރަހައްދުގެ ހާލަތު ވަކިން ގޯހެވެ.

ޣައްޒާގެ ސިއްހަތާއި ބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް ގުދުރާ ވަނީ ޣައްޒާއަށް ދިމާވެފައިވާ އިންސާނީ ކާރިސާ އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި ޣައްޒާގެ ހުރިހާ ހިސާބަކަށް ކާނާ އާއި ބޯފެން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ގޮވާލާފައެވެ.

އޭނާ ބުނެފައިވަނީ އިތުރުވަމުންދާ ބަނޑުހައިހޫނުކަމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ދުނިޔޭގެ ލޯ ކުރިމަތީގައި ޣައްޒާގެ އެތައް ހާސް ރައްޔިތުންނެއްގެ ފުރާނަ ގެއްލިގެން ދިޔުން އެކަށީގެންވާ ކަމަށެވެ.

އިސްރާއީލުން ދަނީ ޣައްޒާއަށް އެހީ ފޯރުކޮށްދޭން އިންސާނީ އެހީދޭ ޖަމިއްޔާ ތަކުން ކުރަމުން އަންނަ މަސައްކަތް ތަކަށްވެސް ހުރަސް އަޅަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved