March 27, 2026
Advertisement
ސިޔާސީ މުވައްޒަފުންގެ އަދަދު ހައްދުން ނައްޓުވާ، ރައީސް މުއިއްޒު ގައުމަށް ޣައްދާރުވެއްޖެ: އައްބާސް
ސިޔާސީ މުވައްޒަފުންގެ އަދަދު ހައްދުން ނައްޓުވާ، ރައީސް މުއިއްޒު ގައުމަށް ޣައްދާރުވެއްޖެ: އައްބާސް / ސޯޝަލް މީޑިއާ

ސިޔާސީ މުވައްޒަފުންގެ އަދަދު ހައްދުން ނައްޓުވާ، ރައީސް މުއިއްޒު ގައުމަށް ޣައްދާރުވެއްޖެ: އައްބާސް

Mariyam Isaadha
މަރިޔަމް އިސާދާ
Sep 24, 2025, 10:24 PM
މާލެ ސިޓީ

ސިޔާސީ މުވައްޒަފުންގެ އަދަދު ހައްދުން ނައްޓުވާ، ރައީސް ޑރ މުހައްމަދު މުއިއްޒު ގައުމަށް ޣައްދާރުވެވަޑައިގެންފައިވާ ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

Advertisement

އައްބާސް މިފަދައިން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުއިއްޒުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަކުރަމުންދާ ދިއުމަށް އިޝާރާތްކުރައްވާ އައްބާސް ވިދާޅުވެފައިވަނީ، ކޮންމެ މިނިސްޓްރީއަކަށް މިނިސްޓަރުގެ އިތުރުން މިނިސްޓަރު ފެންވަރުގެ އެޑްވައިޒަރެއް އައްޔަންކޮށް ކޮންމެ މިނިސްޓްރީއަކަށް 10 ސްޓޭޓް މިނިސްޓަރުންނާ 15 ޑެޕިއުޓީ މިނިސްޓަރުންނާ 10 އެސްޕީޑީންނާ 15 ޕީޑީ ލައިގެން ސަރުކާރު ހިންގުމަކީ ރައީސް ޑރ.މުއިއްޒު ޤައުމަށް ޤައްދާރުވުން ނޫނީ ނުވާނެ ކަމަށެވެ.

މީގެ އިތުރުން ކޮންމެ ކަމަކަށް ކުންފުންޏެއް އުފައްދަވާފައި ކުންފުނި އެމްޑީގެ އިތުރުން ކޮންމެ ކުންފުންޏަކަށް 5 ޑީއެމްޑީ އާ 15 މެނޭޖަރު، 15 އެސިސްޓެންޓު މެނޭޖަރު އައްޔަން ކުރުމަކީ ރައީސް ޑރ.މުއިއްޒުގެ ސިޔާސީ އަންބޮނޑި ބަނުމަށް ރައްޔިތުންގެ ފައިސާ ލޫޓުވުން ނޫނީ ނުވާނެ ކަމަށް ވެސް އައްބާސް ވިދާޅުވެފައިވެއެވެ.

އައްބާސް މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވައުދުވަޑައިގެންނެވި ފަދައިން 700 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ދާދި ފަހުން ސަރުކާރުން ވަނީ އަނެއްކާވެސް ސިޔާސީ މަގާމުތަކަކަށް ބޭފުޅުންތަކެއް އައްޔަންކުރައްވާފައެވެ.

ސަރުކާރުން އެންމެ ފަހުން އާންމު ކުރި މައުލޫމާތަށް ބަލައިރު، މި ސަރުކާރުގައި 922 ސިޔާސީ މުވައްޒަފުން އޭރު ތިއްބެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved