ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްރެފިކަށް މިރެއިން ފެށިގެން ބަދަލު އަންނާނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
މި ބަދަލާއެކު އެއާޕޯޓަށް ވަންނަ ހުރިހާ އުޅަނދެއް ވެސް އެއާޕޯޓަށް ވަނުމަށް ބޭނުން ކުރާނީ އެންމެ ބޭރު މަގެވެ.
މި ބަދަލާއެކު މީހުން ގޮވައިގެން އެއާޕޯޓަށް ދާ އުޅަނދުތަކުން ބޭނުން ކުރާނީ ޓެކްސީތައް މަޑުކުރާ ސަރަހައްދުގެ ކުރިމައްޗަށް އޮންނަ މަގުގެ ވާތްފަރާތެވެ.
އަދި ޓާމިނަލް1 އަދި2 އަށް ފަސިންޖަރުން ގޮވައިގެން އުޅަނދުތައް އެއާޕޯޓުން ނިކުންނާނީ ޓާމިނަލް1 ކުރިމަތީ އޮންނަ މަގުންނެވެ.
ބޭރުމަގުން އެއާޕޯޓަށް ވަންނަ އުޅަނދުތަކުގެ ތެރެއިން، އެއާޕޯޓުން ނިކުންނަން ބޭނުންވާ އުޅަނދުތަކުން ބޭނުން ކުރާނީ ޕާކިން އޭރިއާ ކުރިމައްޗަށް އޮންނަ މަގުގެ ކަނާތްފަޅިއެވެ.