April 17, 2026
Advertisement
މުއިއްޒު ތަންތަނަށް އައްޔަންކުރަނީ ވައްކަން ކޮށްދޭނެ މީހުން: ރައީސް ޔާމީން
މުއިއްޒު ތަންތަނަށް އައްޔަންކުރަނީ ވައްކަން ކޮށްދޭނެ މީހުން: ރައީސް ޔާމީން / ސޯޝަލް މީޑިއާ

އެމް.އޭ.ސީ.އެލްގެ މުވައްޒަފުންނަށް ރޯދަ މަހުވެސް އިތުރުގަޑީގެ ފައިސާ ދެނީ އެހެން މަސްމަހެކޭ އެއްގޮތަށް

Yana Shareef
ޔާނާ ޝަރީފް
Feb 17, 2026, 07:26 PM

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް) އިން ރޯދަ މަހުގެ މަސައްކަތު ގަޑިތަކަށް ގެނައި ބަދަލާއެކު، މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސަާލިބުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފިއެވެ.

Advertisement

އެ ކުންފުނިން ނެރުނު ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުން، ރޯދަ މަހުވެސް އިތުރުގަޑީގެ ފައިސާ ލިބޭނީ އެހެން މަސްމަހެކޭވެސް އެއްފަދައިން ހަފްތާއަކު މަދުވެގެން 48 ގަޑިއިރު މަސައްކަތް ކުރުމުންނެވެ.

ރޯދަ މަހަކީ ސަރުކާރުގެ ރަސްމީ ގަޑިތައް މަދުކޮށް، މުވައްޒަފުންނަށް ލުއިދޭ މަހަކަށް ވީނަމަވެސް، އެމް.އޭ.ސީ.އެލްގެ މި ނިންމުމަކީ އާދައިގެ މުވައްޒަފުންނަށް ލިބޭ އާމްދަނީއަށް އެޅި ހުރަހެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މި އުސޫލުގެ ދަށުން، ރޯދަ މަހުގެ ކުރު ގަޑިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަފްތާއަކު 48 ގަޑިއިރު ހަމަކުރުމަކީ އުނދަގޫ ކަމަކަށް ވާނެތީ، އަމަލީ ގޮތުން ގިނަ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ނުލިބޭނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

މުވައްޒަފުންގެ ޝަކުވާއަކީ، ކުންފުނީގެ ހިންގުމުގެ ޚަރަދު ކުޑަކުރުމުގެ ނަމުގައި، ރޯދަ މަހުގެ ބުރަ މަސައްކަތްކުރާ މީހުންގެ އަތުން މިފަދަ އިނާޔަތްތައް އުނިކުރުމެވެ. މިއީ "މަސައްކަތު ގާނޫނުގެ" އެންމެ ހަރުކަށި މިންގަނޑު ބޭނުންކޮށްގެން، މުވައްޒަފުންގެ ހައްގުތައް ހަނިކުރުމަށް ރޭވިފައިވާ ކަމެއް ކަމަށްވެސް ބައެއް މުވައްޒަފުން ސިފަކުރެއެވެ. މިކަމާ ގުޅިގެން އެމް.އޭ.ސީ.އެލްގެ މެނޭޖްމަންޓަށް އާންމުންނާއި މުވައްޒަފުންގެ ނުރުހުން ދަނީ އިންތިހާއަށް އަމާޒުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved