March 13, 2026
Advertisement
އެސްއޯއީތަކެއް ހުރުމުގެ ބޭނުމަކީ ވަރުގަދަ ފައިދާއެއް ދެމެހެއްޓުމާއި، އާންމު ބަޖެޓަށް ބޮޑު ޑިވިޑެންޑް ފޯރުކޮށްދިނުން: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު
އެސްއޯއީތަކެއް ހުރުމުގެ ބޭނުމަކީ ވަރުގަދަ ފައިދާއެއް ދެމެހެއްޓުމާއި، އާންމު ބަޖެޓަށް ބޮޑު ޑިވިޑެންޑް ފޯރުކޮށްދިނުން: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު / ތޭރަ އޮންލައިން

އެސްއޯއީތަކެއް ހުރުމުގެ ބޭނުމަކީ ވަރުގަދަ ފައިދާއެއް ދެމެހެއްޓުމާއި، އާންމު ބަޖެޓަށް ބޮޑު ޑިވިޑެންޑް ފޯރުކޮށްދިނުން: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު

Mariyam Isaadha
މަރިޔަމް އިސާދާ
Mar 13, 2026, 04:23 PM
މާލެ ސިޓީ

އެސްއޯއީތަކެއް ހުރުމުގެ ބޭނުމަކީ ވަރުގަދަ ފައިދާއެއް ދެމެހެއްޓުމާއި، އާންމު ބަޖެޓަށް ބޮޑު ޑިވިޑެންޑް ފޯރުކޮށްދިނުން ކަމަށް ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

ސިޔާސީ އެކްޓިވިސްޓު ލޫކަސް ޖަލީލު، ޓުަރިޒަމް މިނިސްޓަރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަކްރަމު މުސްތަފާ މީސްމީޑިޔާގައި ދެއްކި ވާހަކައަށް ރައްދުދީ ކުރި ޕޯސްޓު ރީޕޯސްޓުކޮށް ޒަރިޔަންދު ވަނީ ވަނީ ޕޯސްޓެއް ކުރައްވާފައެވެ.

ލޫކަސް ބުނެފައިވަނީ،  އެމްއޭސީއެލް އަކީ ދައުލަތުގެ ކުންފުންޏެއް. ކުންފުނީގެ އެސެޓަކީ ރައްޔިތުންގެ މުދާ. ދަރަންޏަށް ޒިންމާ ވާނީ ރައްޔިތުން ކަމަށެވެ. ބަނގުރޫޓް ވީމަ ވިއްކާލާނީ ރައްޔިތުންގެ އެސެޓްތައް ކަމަށާ ހަރަދު އެ ކުރަނީ ރައްޔިތުންގެ ފައިސާކަން ނޭނގޭވަރުގެ ގަމާރުން ސަރުކާރުގައި ތިބިކަމަށް ލޫކަސް ވަނީ ބުނެފައެވެ.

އަކްރަމް މުސްތަފާ ސޯޝަލް މީޑިޔާގައި ބުނެފައިވާ ގޮތުގައި އެމްއޭސީއެލްއަކީ އަހަރުގެ ތެރޭގައި 9 ބލިއަން ރެވިއުނިއުގެ ގޮތުގައި ހުންނަ އަދި 1 ބިލިއަން ފައިދާގެ ގޮތުގައި ނެރޭ ކުންފުންޏަކަށްވާއިރު، އެ ކުންފުނިން ޓާރމިނަލެއް ހުޅުވަން މަދު މިލިއަނެއް ޚަރަދު ކުރުމަކީ ބަނގުރޓުވުމާ ދިމާއަށް މިސްރާބުޖަހާނެ ކަމަށް ދެކެނީ ކީއްވެތޯ އަހާފައެވެ.

މިއާ އެކު ލޫކަސް ބުނެފައިވަނީ، ގަމާރުކަމުގެ އިތުރުން ޖާހިލުކަން އެކެއްގެ ކިބައިގައި އެންމެ ބޮޑަށް ހުރި ސަރުކާރު މުވައްޒަފަކީ އަކްރަމް ކަަމަށެވެ.

މި ވަހަކަތަކަށް އިޝާރާތްކުރައްވާ ޒަރިޔަންދު ވިދާޅުވެފައިވަނީ، އެތަނުގައި ލޫކަސްއަށް ސައްހަ ނުކުތާއެއް އެބައޮތް ކަމަށެވެ.

އެގޮތުން އެމްއޭސީއެލްގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، ކުންފުންޏަށް އާމްދަނީގެ ގޮތުގައި އެމްވީއާރު 8ބިލިއަނަށް ވުރެ ބޮޑު އަދަދެއް ޖެހިފައިވާ ކަމަށާ، ފައިދާގެ ގޮތުގައި 1 ބިލިއަން ރުފިޔާއަށް ވުރެ ގިނައިން ލިބިފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރަށް އަދިވެސް ދައްކަންޖެހޭ ހުރިހާ ޑިވިޑެންޑެއް ނުލިބިފައިވާއިރު، އެމްއޭސީއެލްއިން ބީއެމްއެލް މެދުވެރިކޮށް ލޯނު ނަގައިގެން ސަރުކާރުގެ ދަރަނި ދެއްކުމަށް އެހީތެރިވުމަށް ގޯވް ބޮންޑްތަކަށް 30 މިލިއަން ޑޮލަރު އިންވެސްޓްކޮށް، ޖުމްލަ ދަރަނި ގާތްގަނޑަކަށް 900 މިލިއަން ޑޮލަރު ގެންގުޅެމުން އެބަދާ ކަމަށްވެސް ޒަރިޔަންދު ފާހަގަކުރައްވާފައިވެއެވެ.

ކޮންމެހެން ކުރަން ނުޖެހޭ ހަރަދުތައް ކޮންޓްރޯލް ކުރުން މުހިންމީ ހަމަ މިފަދަ ސަބަބުތަކަށް ޓަކައި ކަން ފާހަގަކުރައްވާ ޒަރިޔަންދު ވަނީ މި ސްކޭލްގެ އެސްއޯއީތަކެއް ހުރުމުގެ ބޭނުމަކީ ވަރުގަދަ ފައިދާއެއް ދެމެހެއްޓުމާއި، އާންމު ބަޖެޓަށް ބޮޑު ޑިވިޑެންޑް ފޯރުކޮށްދިނުން ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved