April 22, 2026
Advertisement
-
- / ޕާކިސްތާން ޓުޑޭ

ބާރުގެ ބޭނުންކޮށް ފަލަސްތީނު މިނިވަން ކުރަންވީ ވަގުތު ޖެހިއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 27, 2025, 05:11 PM
މާލެ ސިޓީ

ބާރުގެ ބޭނުންކޮށް ފަލަސްތީނު މިނިވަން ކުރަންވީ ވަގުތު ޖެހިއްޖެ ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު ޝެހްބާޒް ޝާރިފް ގޮވާލައިފިއެވެ.

Advertisement

އދ.ގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ސަހްޔޫނީން ހިންގަމުންދާ ގަތުލުއާންމު ހުއްޓާލައި ފަލަސްތީނުގެ ރައްޔިތުންނަށް ފުރިހަމަ މިނިވަންކަން ދިނުމަށް ގޮވާލައްވާފަ އެވެ.

އޭނާ ވިދާޅުވީ ފަލަސްތީނަށް ގިނަ އަހަރުތަކެއް ވަންދެން އަނިޔާވެރިކަން ކުރިމަތިވެފައިވާ ކަމަށާއި ދެން ހިމޭނުން ނުހުރެވޭނެ ކަމަށެވެ. ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންކަމާއި ކަރާމާތާއި މިނިވަން ދައުލަތެއް ހައްގު ކަމަށާއި ލަސްނުކޮށް ފިޔަވަޅު އެޅުމަށް އދ އަށް ޝެހްބާޒް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

މީގެކުރިންވެސް އަނިޔާވެރި ޤައުމުތަކާ ދެކޮޅަށް ޕާކިސްތާނުން ތެދުވިގޮތަށް ފަލަސްތީނާއި އެއްކޮށް ޕާކިސްތާން އަބަދުވެސް ދެމިއޮތްނާނެ ކަމަށް ބޮޑުވަޒީރު ކަށަވަރުކޮށްދެއްވިއެވެ.

އޭނާ ވަނީ ސަހްޔޫނީންގެ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނާއި އިންސާނީ ހައްގުތަކާ ސާފުކޮށް ހިލާފު ކަމެއް ކަމަށް ވިދާޅުވެ، ދުނިޔޭގެ ބާރުތަކުން އެ އިސްތިއުމާރީއަށް ތާއީދުކުރުން ހުއްޓާލުމަށް ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved