March 16, 2026
Advertisement
-
- / ދައުރު

ނޫސްވެރިންގެ ހަމަހިމޭން އިހުތިޖާޖެއް ރައީސް އޮފީސް ކުރިމަތީގައި!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 28, 2025, 08:18 PM
މާލެ ސިޓީ

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ނިއުސް ޑޭ އާއި އާރުޓީއައި ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ނޫސްވެރިން ރައީސް އޮފީސް ކުރިމަތީގައި ހަމަހިމޭންކަމުގެ އިހުތިޖާޖެއް މިއަދު ކޮށްފި އެވެ.

Advertisement

މިއަދު މެންދުރު 30 ވަރަކަށް މިނެޓަށް ކުރިއަށްގެންދިޔަ އެ އިހުތިޖާޖުގައި ބައިވެރިވި ނޫސްވެރިން ތިބީ މި ސަރުކާރުން ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކޮށްފައިވާތީ، ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރަން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅު ޝުއޫރުތައް ޖަހާފައިވާ ބޯޑުތަކެއް ހިފަހައްޓައިގެންނެވެ.

މީޑިއާތައް ކޮންޓްރޯލު ކުރާ ބިލު ތަސްދީގު ނުކުރެއްވުމަށް މީޑިއާތަކުންނާއި ނޫސްވެރިން އަދި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ވެސް ގޮވާލަމުން ދަނިކޮށް، އެ ގޮވާލުންތަކަށް ބީރު ކަންފަތެއްދީ މީޑިއާތައް ކޮންޓްރޯލު ކުރާ ބިލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މި މަހު 18ގަ އެވެ.

މިއަދުގެ އިހުތިޖާޖުގައި ނޫސްވެރިން ހިފަހައްޓައިގެން ތިބި ބޯޑުތަކުގައިވާ ޝުއޫރުތަކުގައި މައިގަނޑު ގޮތެއްގައި ގޮވާލާފައިވަނީ އެ ބިލު އަނބުރާ ގެންދިއުމަށެވެ.

ނޫސްވެެރިންގެ މިނިވަންކަން ނަގާލުމަކީ ސަރުކާރު ޒިންމާދާރު ކުރުވުމަށް ހުރަސް އެޅި ސަރުކާރުން ހިންގާ ނުރަނގަޅު ކަންތައްތައް ރައްޔިތުންނަށް ގެނެސްދިނުމަށް ފާޅުގައި ސަރުކާރުން ދެކޮޅު ހަދާ ކަންކަން ސިއްރު ކުރުމަށް ނިންމި ނިންމުމެއްގެ ގޮތުގައި ނޫސްވެެރިން ފާހަގަކުރެއެވެ.

އިހުތިޖާޖު ކުރިއަށްގެންދިޔައީ ރައީސް މުހައްމަދު މުއިއްޒުގެ އޮފީސް ވަގުތު ނިމޭ ގަޑިއާ ދިމާކޮށް ނަމަވެސް، ނޫސްވެރިންނާ ބައްދަލުނުކުރައްވައި ރައީސް މިއަދު މަސައްކަތް ނިންމަވާލެއްވުމަށް ފަހު ވަޑައިގެންނެވީ ރައީސް އޮފީހުގެ ބޭރުމަގާ ވީ ފަޅިއަށް ހުންނަ ގޭޓުންނެވެ.

އިހުތިޖާޖުގައި ބައިވެރިވި ބައެއް ނޫސްވެރިން އެކަން ސިފަކުރީ، ރައީސް ފިއްލެވީ ކަމަށެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved